ދުނިޔެ

ކުޑަކުއްޖެއް އަތުންް ބިސް ޓްރޭއެއްގެ މައްޗަށް ގައުބުރިއެއް ވެއްޓުމުން ފިހާރައިގެ ސޭޓު އެކުއްޖާ މަރާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ހަބަރަކީ އާދަޔާ ޚިލާފު ހަބަރަކަށް ވެދާނެއެެވެ. ގަބޫލު ކުރަން ދަތި ވާހަކަ އަކަށްވެސް ވެދާނެއެވެ. ނަމަވެސް އިންޑިއާގެ ސަންގަމްވިހަރުގެ ފިހާރައެއްގައި، އެފިހާރައިގެ ސޭޓު އޭނާގެ އަވައްޓެެރިއެއްގެ ދަރިއަކު މަރާލައިފިއެވެ.

Ads by Sosun Fihaara

ފާރޫޤު ނަމަކަށް ކިޔާ މި ސޭޓު އެ ކުއްޖާ މަރާލީ ފިހާރައިގެ ބޭރުގައި ހުރި ބިސްޓްރޭ އެއްގެ މައްޗަށް އެ ކުއްޖާގެ އަތުގައި އޮތް ގައުބުރި އެއް ވެއްޓި ބިސްތައް ހަލާކު ވުމުންނެވެ. ސޭޓުގެ އުމުރަކީ 22 އަހަރު ކަމަށާއި އަދި އެ ކުއްޖާގެ އުމުރަކީ 16 އަހަރު ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކުއްޖާގެ ގޭގައި އެ ކުއްޖާ ދިޔައީ ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން ކަމަށާއި އަދި އެ ކުއްޖާ ދިޔައީ ފިހާރައިގެ ކައިރީގައި ގައުތަކެއް އަތުރަމުން ކަމުގައި މީޑިއާތައް ބުނެއެވެ. ކަންތައްތައް ގޯސްވީ އެކުއްޖާގެ އަތުން ބިސްޓްރޭ އެއްްގެ މައްޗަށް ގައުބުރި އެއް ވެއްޓުމުން ކަމުގައި މީޑިއާތަކުން ބުނެއެވެ.

ގައުބުރި ވެއްޓުމުން އެ ކުއްޖާ އާއި ދިމާއަށް ފާރޫޤު ހަޅޭއް ލަވައިގެން ކަމަށާއި އެ ކުއްޖާގެ މައިންބަފައިންގެ ގާތުގައި ވެެސް މައްސަލަ ޖެއްސި ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެ ކުއްޖާގެ މައިންބަފައިން އެކަމުގައި ޒިންމާވާނެ ކަމުގައި ވެސް ބުންޏެވެ. ނަމަވެސް ހަމަ އެރޭ ފާރޫޤު ވަނީ އެ ކުއްޖާއަށް ވަޅިން ހަމަލާދީ އެކުއްޖާ މަރާލާފައި ކަމުގައިވެސް އިންޑިއާގެ މީޑިއާތައް ބުނެއެވެ.

އެ މަންޒަރު ފެނުމާއެކު އެހިސާބުގަނޑުގެ މީހުން ވަނީ އެ ކުއްޖާ ވީހާވެސް އަވަހަކަށް ކައިރީގައި ހުރި މަޖިޑިއާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ގެންދިޔައިރު ވެސް އެ ކުއްޖާ ވަނީ މަރުވެފައި ކަމަށް މީޑިއާތައް ބުނެއެވެ. ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކޮށްފައެވެ. އަދި ފުލުހުން ވަނީ ފާރޫޤު ހައްޔަރު ވެސް ކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!