ދުނިޔެ

އިޒްރޭލުގެ 16 އަހަރުގެ ކުއްޖަކު ގޭންގަކުން ރޭޕް ކުރުމަކީ "ލާއިންސާނީ" ޢަމަލެއް: ނަތަންޔާހޫ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގޭންގަކުން ރޭޕް ކޮށްފި ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by Sosun Fihaara

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ 30 ފިރިހެނަކު ވެގެން އެއަންހެން ކުއްޖާ "ރޭޕް" ކޮށްފައިވަނީ އެއިލަޓުގެ ރިސޯޓެއްގައިހުރި ހޮޓަލެއްގައި ކަމަށެވެ. އެހޮޓަލުގައި އަންހެން ކުއްޖާ ހުރީ މަސްތުގެ ހާލުގައި ކަމަަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިޢަމަލު ހިންގި މީހުންގެ ތެރެއިން ދެ މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. "ޓައިމްސް އޮފް އިޒްރޭލް" ގައި ބުނެފައިވާ ގޮތުގައި، އެއަންހެން ކުއްޖާގެ ފަރާތުން ވަރަށް ގިނަ ފިރިހެނުން އެރޭ ޖިންސީ އުފާ ހޯދި ކަމަށް ހައްޔަރު ކުރި އެކަކު ބުނެފައިވެއެވެ. އަދި އެކަންކުރީ އަންހެން ކުއްޖާގެ ރުހުމުގައި ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އިޒްރޭލުގެ އެހެން ނޫހެއް ކަމަށްވާ "ހާރެޓްޒް" ގައި އަންހެން ކުއްޖާއާއި ހަވާލާދީ ބުނެފައިވަނީ 30 މީހަކު އެކުއްޖާ ރޭޕް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ބައެއް މީހުން އެ ވިޔާނުދާ ޢަމަލުތައް ކުރަމުން ދިޔައިރު ރިކޯޑު ވެސް ކުރި ކަމަށެވެ.

މިކަމުގައި ތުހުމަތު ކުރެވޭ ފުރަތަމަ މީހާ ހަައްޔަރު ކޮށްފައިވަނީ ވެސް އެވީޑިއޯ ލީކުވުމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ފުލުހުން ބުނެފައިވަނީ އެއަންހެން ކުއްޖާއަކީ އެހޮޓަލުގައި މަޑުކުރި ގެސްޓެއް ނޫން ކަމަށާއި، އޭނާ އެތަނަށް ދިޔައީ ރަށްޓެހިން ތަކަކާއެކު ރާބޯން ކަމަށެވެ. އަދި މިހާދިސާ ހިނގީ ރާ ބުއިމަށްފަހު އަންހެން ކުއްޖާ ފާޚާނާއަށް ދިޔަ ގަޑީގައި ކަމަށް ވެސް ބުނެފައިވެއެވެ.

"ފާޚާނާއަށް ގޮސް ނިކުތް ތަނުން އެމީހުން އެ އަންހެންކުއްޖާ ގަދަކަމުން ހޮޓަލުގެ ކޮޓަރިއަކަށް ގެންގޮސްފައި ރޭޕް ކުރި ކަމަށް އަންހެންކުއްޖާ ބުނެފައިވަނީ" އިޒްރޭލު ފުލުހުން ބުންޏެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އުމުރުން 16 އަހަރުގެ އެއަންހެން ކުއްޖާ ގޭންގް ރޭޕް ކުރުމަކީ ހަމައެކަނި އެއަންހެން ކުއްޖާއަށް ދެވުނު އަނިޔާއެއް ނޫން ކަމަށާއި އެއީ ވަރަށް ވެސް ލާއިންސާނީ ޢަމަލެއް ކަމަށެވެ.

ނަމަވެސް ނަތަންޔާހޫގެ ޢަމުރަށް އިޒްރޭލު ސިފައިން ފަލަސްތީނަށް އަރާ، ހަމަލާދީ، ފަލަސްތީނުގެ ޅަ ދަރީންނާއި އަންހެނުންގެ އިއްފަތްތެރިކަން ނަގާލާ، އެތައް ބަޔަކު ގަތުލު ކުރުން، ނަތަންޔާހޫ އަށް "ލާއިންސާނީ" ޢަމަލަކަށް ނުވިކަމާއިމެދު ހައިރާންވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!