ޚަބަރު ސިޔާސީ

ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭ ގޮތް ހަދާަނަން: މުއިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މުއިއްޒު މިހެން ވިދާޅުވީ ހދ.ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށާއި ގެދޮރުވެރިކަމުގެ މައްސަަލަ ހައްލު ކުރުމަކީ އެންމެ މުހިންމު އެއް ސިޔާސަތަަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެެވެ. އަދި އެއި ހަމައެކަނި ގޯތި ދިނުމާއި ފްލެޓް އެޅުން ވެސް އެކަނި ނޫން ކަމަށް ވިދާޅުވިއެވެނ

"ސަރުކާރުގެ ބޭންކިންގެ ނިޒާމުގެ ތެރެއިން އެމްއެމްއޭ އަދި އެހެން ބޭންކްތަކުގައި މި ދެންނެވި ގޮތަށް ކަންތައްތައް ބައްޓަން ކުރެވިގެން ދާން ޖެހޭ. ރައްޔިތުންނަށް އަތް ފޯރާ ފަށުގެ އެފޯޑަބަލް ހައުސިން ލޯން ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ވާން ޖެހޭ." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެމްއެމްްއޭއިން ފެށިގެން ބީއެމްއެލް އަދި ދެން ވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ ކޮމާޝަލް ބޭންކުތަކުން، ފަސޭހަ ކަމާއެކު އަތް ފޯރާ ފަށުގައި ލިބޭ ލޯން ސްކީމްތައް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

Ads by Ooredoo
  1. ކާލި

    50 އަހަރުވެއްޖެ ހަމަ އެކަނި މާލޭ މީހުން ގެއަޅާފަ ތަޅާލާފަ އަޅާފަ ތަޅާލާފަ ހަދަން ބޭންކު ތަކުން ލޯނުދޭތާ ރާއްޖޭގެ ރަށެއްގައި ކޮޓަރިޔެއް އަޅަން ލޯނެއްހާމިން ނުދޭ ބޭންކަކުން !