އިންތިޚާބުގައި ރައީސް ޞާލިޙުގެ ވާދަވެރިންގެ ޢަމަލުތައް ހުންނަނީ ޚިތާނު ޕާޓީތަކުގައި ވާހަކަ ކިޔައިދޭން ތިބޭ މީހުން ގޮތަށް: މާރިޔާ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ކެންޑިޑޭޓުންނެކޭ ޚިތާނު ޕާޓީއަކަށް ގޮސް ތިބޭ ވާހަކަ ކިޔައިދޭ މީހުންނެކޭ އެއްވަރުކަމަށް ރައީސް ޞާލިޙްގެ ކެމްޕޭނު ތަރުޖަމާނު، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމެެއްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް ޞާލިޙް ރަށްރަށަށް އަރާވަޑައިގެންނެވީމައި، އެ ބޭފުޅާގެ އަޑު އިވިޔަ ނުދިނުމަށް އިދިކޮޅުން މަސައްކަތްކުރައްވަނީ ސަބަބަކީ ދިރާސާތަކެއް ކޮށްގެން ރައްޔިތުންނާއި ވާހަކަ ދައްކަވައިގެން، ރައްޔިތުންގެ މެނިފެސްޓޯއެއް ހިއްޕަވައިގެން އުޅުއްވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޞާލިޙް ކަމުގައިވާތީއެވެ.
"އަޅުގަނޑުމެންނަށް ނުފެނޭ އިންތިޒާމް ވެގެން ރައްޔިތުން ބޭނުންވެގެން އުޅޭނީ ކޯއްޗެއްތޯ ބައްލަވައި އެހެން ކެންޑީޑޭޓުން ކެމްޕޭން ކުރައްވާތަނެއް. ހަމަ އެއްކަލަ އަޅުގަނޑުމެން ކުޑައިރު ޚިތާނުކުރާ ތަންތަނަށް އައިސް އިންނާނެ ވާހަކަ ކިޔާ މީހެއް. ދެން އޭނަ ކައިރީގައި މީހުން އަހާލާނެ ކޮބާ ފުރާތައެއް ނާރާހޭ. ބުނީމާ ބުނާނެ މާޑުމަޑުން، މާޑުމަޑުން، މާޑުމަޑުން، އެ އެރީޔޭ ފުރޭތަ. އެކަހަލަ ގޮތަކަށް މިވަނީ" މާރިޔާ ވިދާޅުވިއެވެ.
އެގޮތުން، މޮޅާދޫއަށް ޑރ މުއިއްޒު އަރާވަޑައިގަތީ މުޅިން އަލަށްކަމަށާއި، އެބޭފުޅާ އެރަށަށް އަރާވަޑައިގެންނެވީ ރައީސް ޞާލިޙް ހެއްދެވި ބަނދަރަކުންކަމަށް ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ އެރަށަށް ވަޑައިގެން "ތިމަންނަމެން ބަނދަރު ހެދުމާއި ދެންވެސް ހުރި ކަންކަން ކޮށްދޭނަމޭ" މުއިއްޒު ވިދާޅުވިކަމަށެވެ.
ނަމަވެސް މޮޅަދޫ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްކަންވެސް މުއިއްޒުއަށް ބެއްލެވިފައިނުވާކަމަށާއި އެ ވިދާޅުވި ބަނދަރެއް އޮތީ މި ސަރުކާރުގައި ނިންމާފައިކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަނެއްކާ ރައީސް ޞާލިޙް އޭގެ ކުރީގަ އަރާވަޑައިގެން ވިދާޅުވެފަ މިއޮތީ އިރާދުކުރެއްވިޔާ މިރަށު ބަނދަރަށް އިތުރުުރަންޖެހޭ ބަޔާއެކުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ކޮށްދޭނަމޭ" މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޞާލިޙް މޮޅާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވިކަމަށާއި އެރަށަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންތައްތައް ލިސްޓުކޮށް އެކަންކަން ކޮށްދެއްވުމަށް ތައްޔާރުވެވަޑައިގަތީ އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވައި އެ ރައްޔިތުންގެ ޚިޔާލާއެކު ހެއްދެވި ދިރާސާތަކެއްގެ މައްޗަށްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ދިރާސާއެއް ދެން ތިއްބެވި އެއްވެސް ކެންޑިޑޭޓެއް ނުކުރައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވަނީ މުއިއްޒުއަށް ޕީއެންސީގެ ކެންޑިޑެސީ ލިބުނުގޮތާމެދުވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ޕީއެންސިީ/ސަލަފުގެ ކެންޑިޑޭޓެއްކަމަށާއި ޕްރައިމަރީއަކާއިވެސް ނުލައި ކުއްލިއަކަށް އައި ކެންޑިޑޭޓެއްކަން ސިފަކުރައްވަމުން މާރިޔާ ވިދާޅުވީ މިއޮއްހާ ދުވަހަކު ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަށް ހުންނަވާފައި މިއަދު ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނުކުންނެވިއިރު، ޕީޕީއެމްގެ ވަސްވެސް ނެތްކަމަށެވެ. އަދި ނުކުންނެވިއިރު، ކަންކަން ކުރައްވާނެގޮތެއް ބައްލަވާފައި ނެތްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ހަމައެއާއެކު މަލްޓި ޕާޓީގެ ޑިމޮކްރަސީ ގެނައި މީހެއްގެ މޫނު ބަލާފައި ވޯޓުލުމަށް ނޫންކަމަށާއި ރައްޔިތުންނަށް ކަންކަން ކުރާނެ ގޮތް ހިސާބު ތަކާއި އެކު ދައްކަވަން ވާނެކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާގެ ވާހަކަ ހުނަނަނީ ފިނދަނަ ވާހަހެން