ޚަބަރު ސިޔާސީ

ރައީސް ޔާމީނާ ކޯޓު ރޫމުން ބައްދަލުވި، އެދިވަޑައިގަތީ މި އިންތިޚާބު ކާމިޔާބު ކުރަން: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް، ޖަލްސާއެއްގައި

އިދިކޮޅު ކޯލިޝަނުގެ ލީޑަރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްއާއި އެންމެ ފަހުން ބައްދަލުވެވަޑައިގަތުމުން ވެސް އެމަނިކުފާނު އެދިވަޑައިގެންނެވީ މި އަހަރުގެ ރިޔާސީ އިންތިޚާބު އެ ކޯލިޝަނަށް ކާމިޔާބު ކޮށްދިނުމަށް ކޮށްދެވެން ހުރި ހުރިހައި މަސައްކަތެއް ކޮށްދިނުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝިޔާމް މިފަދައިން ވިދާޅުވީ، ގއ.ކަނޑުހުޅުދޫގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ރައީީސް ޔާމީނާއި އެންމެ ފަހުން ބައްދަލުވެވަޑައިގަތީ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކުރި ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމުގެ ތެރެއިން، އަޞްރު ނަމާދު ވަގުތަށް ލިބުނު ބްރޭކް ގަޑީގައި، ވަރަށް ހަނި ގޮތަކަށެވެ.

"އެމަނިކުފާނު އެދިވަޑައިގަތީ މި އިންތިޚާބު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރަން، އަދި އެމަނިކުފާނު ދަތުރު ކުރައްވަމުން ގެންދެވި މިސްރާބު، މި ޙާލަތު ބަދަލު ކުރުމަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ހާސިލުވާާން އޮތީ، މިވަގުތު ޑރ.މުޢިއްޒު އާއި ސެމްބެއާއި އެކީގައި އަޅުގަނޑުމެން ވަރަށް ގަދަޔަށް މަސައްކަތް ކޮށްގެންކަން، އެމަނިކުފާނު ވިދާޅުވީ."

ހައިކޯޓުގައި އަޑުއެހުން ކުރިއަށް ދިޔައިރު، ފުރުސަތަކަށް އެދިވަޑައިގެން ރައީީސް ޔާމީން އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ބަޔާާން ކުރައްވައި ދެއްކެވި ވާހަކަފުޅުން، އެމަނިކުފާނު އިންސާނީ ޙައްޤުން މަޙްރޫމް ކޮށްފައިވާކަން ހާމަވެގެން ދިޔަ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތަކަށް ވީތީ، ލިބޭ އެތައް ޙައްޤަކުން އެމަނިކުފާނު މަޙްރޫމް ކޮށްފައި ހުރިކަން، އެމަނިކުފާނުގެ ދެތިން ޖުމްލައަކުން ވެސް އެނގިގެން ދިޔައީ."

ޝިޔާމް އިތުރަށް ވިދާޅުވީ ރައީީސް ޔާމީންގެ މައްޗަށް އިއްވައިފައިވަނީ ހަރާމް ހުކުމްތަކެއް ކަމަށާއި، އަނިޔާވެރިކަމާއެކު އެމަނިކުފާނު އިސްތިއުނާފުގެ ޙައްޤުން ވެސް މަޙްރޫމް ކޮށްފައިވާ ކަމަށެވެ.

 

  1. ފިތެޔޮ

    ވަގުން ތިބެންވާނީ ޖަލުގަ.