ކައިވެނިކޮށްގެން ނިކުންނަ ޒުވާނުންނަށް އަމިއްލަ ބޯހިޔާވަހިކަމުގައި އުޅެވޭނެ ގޮތަށް ސިޔާސަތުތައް އެކުލަވާލާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް މިހާރު ކުރައްވަމުން ގެންދަވާ އަސްލަމް ރޭ ވަނީ ހުޅުމާލޭގައި އެމްޑީޕީގެ ޔޫތު ޖަގަހައެއް ހުޅުއްވައިދެއްވައިފަ އެވެ. އެ ޖަހަގަ ހުޅުވުމުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް ގެނަސްދޭނީ ހިތްފަސޭހަ ސިޔާސަތެއް ކަމަށެވެ.
"ހަގީގަތަކީ ކައިވެންޏަކަށް ފަހު ނުކުންނަ ޒުވާނާއަށް ދިރިއުޅެވޭނެ ތަނެއް ލިބެންޖެހޭނެ، ހޯދެންޖެހޭނެ، ހޯދޭނެ މިންވަރަށް ގައުމު ކުރިއަރަން ޖެހޭނެ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައީސް ޞާލިހުގެ ސިޔާސަތަކީ ޒުވާނުންނަށް ހާއްސަކޮށްގެން ކޯ ލިވިން ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސް ގާއިމްކުރުން ކަމަށެވެ. އަދި އެފޯޑަބަލް އައުސިންގް އާއި ކައުންސިލް ހައުސިންގް ރާއްޖެއަށް ތައާރަފު ކުރުން ކަމަށެވެ.
މީގެ ބޭނުމަކީ ޒުވާނުންނަށް އެމީހުން އަދާކުރާ ވަޒީފާއިން ލިބޭ އެއްޗަކުން ބޯހިޔާވަހިކަމަށް ފައިސާ ދައްކައިގެން އުޅެވޭނެ މަގު ފަހިކޮށްދިނުންކަމަށް އަސްލަމް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ އިތުރުން ޒުވާނުންނަށް ހަމަޖެހިލައިގެން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ ހިލޭ ޑިގްރީ ޕްރޮގުރާމު އިތުރަށް ފުޅާކޮށް ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
"އުފާވެރި ރައްޔިތުންތަކެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ. އެހެންވީމަ މި ސަރުކާރު ދެވަނަ ދައުރަކަށް ހޮވުމަކީ ތިޔަ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމޭ." އަސްލަމް ރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަލަތު ކައިވެންޏަށް ހާއްސަ ކެޓެގަރީއެއް ގާއިމްކޮށް ހިޔާ މަޝްރޫއިން އެއް ކޮޓަރީގެ ފްލެޓުތަކެއް ދޭން ނިންމި އެވެ. އެހެންނަމަވެސް މިސަރުކާރުން ވަނީ އަލަތު ކައިވެނީގެ ކެޓެގަރީ އުވާލައިފަ އެވެ.
މޮޔަނުގޮވާބަލަ!! ބިމެއް ހިއްކާ ބްރިޖްއެއް އަޅާފަ ވެރިކަން ދިނީމަވެސް ނުވިކަމެއް!! މޮޔަބަޔަކު ގަބޫލް ކުރާނީ!! ގައުމު ހަލާކު ކޮއްލައިފި
އަދި މިގައުމުގަ އކަކުވެސް އަލަތު ކައިވެންޏެއްނުކުރޭ ރަންކޮޅާ