އެމްޑީޕީން ދުވަހުން ދުވަހަށް އަޅުގަނޑު ބާކީކުރަމުންގޮސް މަރުގެ ތުންފަތް މައްޗަށްވެސް ގެންދިޔައީ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީއޭ ވިދާޅުވެ ބޭފުޅުން ވާހަކަ ދައްކަވާތީ އެކަމަށް ރައީސް ނަޝީދު ރައްދުދެއްވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕޭން ދަތުރުތަކުގައި އެބޭފުޅާގެ އަރިހުގައި ހއ. މުރައިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަތީ ނޫންކަމަށާއި، އެ ޕާޓީން އެމަނިކުފާނު ވަކިކުރެއްވީކަމަށެވެ.
"އަޅުގަނޑު މިތަނަށް އައިމަ އެބަ ބުނޭ އަޅުގަނޑު އެމްޑީޕީން ވަކިވީއޭ. ނޫން! އެމްޑީޕީ އަޅުގަނޑާ ދުރަށް ޖެހުނީ. އަޅުގަނޑު އެ ޕާޓީން އެމީހުން ވަކިކުރީ، ދުވަހުން ދުވަހުން އަޅުގަނޑު ބާކީކުރަމުން ބާކީކުރަމުން ބާކީކުރަމުންގެންގޮސް މަރުގެ ތުންފަތް މައްޗަށްވެސް އެމީހުން އަޅުގަނޑު ނެގީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގަތުމުގެ ދުވަސްކޮޅެއް ފަހުން ރައީސް ނަޝީދުވަނީ އެމްޑީޕީއިން ވަކިވެވަޑައިގަންނަވާފައެވެ.
ޔަހޫދިން ނަޝީދަށް ދޭ ފައިސާ ގަޑު ބަނޑު އަޅާލައިގެން ހުރޭ ޕާޓީ ހަދައިގެން ޒުވާނުން މަގު ފުރައްދަން !
ތިޔައީ ހުސްދޮގު . އެމްޑީޕީ އަކުން ބާކީ ނުކުރޭ .މިކަލޭގެ މަޖިލީހުގެ ގޮނޑިޔަށް ހޮވުނީމަ ޑްރާމާއަކުން މަޖިލީހުގެ ރައިސްކަން ދަމައިގަނެފަ. މަޖިލީހުގ އެތެރޭގޮނޑި ޕާޓީއަށް ތަރުތީބު ބަދަލުކޮށްފަ އިބޫގާތު ބުނީ އަހަރުން ބޮޑުވަޒީރަކަށް ހަދާފަ ސަރުކާރު ހިންގާމީހަކީ ތިމަންނަ ކަމަށް ހަދާދެށޭ . އެކަން ނުކުރެވެނެ ވާހަކަ ބުނީމަ ބުނީ ނިޒާމީ ވޯޓެއްނަގާދެށޭ. މިދެކަން ނުވީމަ އިބޫއާދެކޮޅުވެގަތީ ބޮމަކީ ނަސީ ދު އަމިއްލަސަޕޯޓް އިތުކުރެވޭތޯ ރޭވި ކަމެއް އިބޫ ހިންގި ކަމެއްނޫން.
ބަޔަކުހީކުރީ ޕުރައިމަރީ އާށް ހެދިމަކަރު ރިޔާސީ އިންތިހާބައަށް ވެސް ހެދިދާނެ ކަމައަށް، ނަޝީދު އެސްޓިމޭޓުކުރަން ނޭގޭނެ ކަން މިހާރު ފެންނަނީ، މުޅި އެމް.ޑީ.ޕީ. ސައިޒްވެ ނިމިއްޖެ.