ޚަބަރު ސިޔާސީ

ދިވެހި ބަހުން އިސްލާމް ކިޔަވައިދިނުމާއި ޤައުމިއްޔަތާއި ގުޅުމެއް ނެތް: މާރިޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާއި ޤައުމިއްޔަތާއި ގުޅުމެއް ނެތް ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

އިސްލާމް މާއްދާ އުނގަންނައިދޭން ބިދޭސީ ޓީޗަރުން ގެންނަން ސަރުކާރުން ނިންމި ނިންމުމަށް އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވެސް ވަނީ ފާޑުވިދާޅުވެފައެވެ.

އިސްލާމް މާއްދާ ކިޔަވައިދޭން ބިދޭސީން ގެންނަން ނިންމި ނިންމުމުގެ ދިފާޢުގައި ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ އިސްލާމް ދީން ބާއްވައިލެއްވީ ދިވެހި ބަހުން ނޫން ކަމަށާއި، ކީރިތި ޤުރުއާނާއި ހަދީޘް ފޮތްތައް ވެސް ހުންނަނީ ޢަރަބި ބަހުން ކަމަށެވެ.

"ކުދިންނަށް ފަސޭހަކަމާއެކީގަ، ދީން އުނގަންނައިދޭން ބޭނުންވަނީ. ކުދިން ހިތަށް އަރާ ސުވާލުތަކާ އެއްޗެހި ވެސް ހަމަ، ވީހާވެސް ރަނގަޅަކަށް ކުދިން އޮޅުން ފިލުވަން ބޭނުންވަނީ."

މާރިޔާ އިތުރަށް ވިދާޅުވީ މިހާރު ގިނަ ކުދިން ވާހަކަ ދައްކަނީ އިނގެރޭސި ބަހުން ކަމަށާއި، އިންޓަރނެޓުގައި އެ ބަހުން އިސްލާމް ދީނާއި ގުޅޭ ދިރާސާ ހެދޭ ވަރަށް މަޢުލޫމާތު އެބަހުރި ކަމަށެވެ.

Ads by Ooredoo
  1. ދިވެހި

    އިސްލާމްދީނާ ގައުމިއްޔަތާވެސް ގުޅުމެއްނެތޭ ބުނެބަލަ އެއީނޫންތޯ ބޭނުންވެގެންމި ލާދީނީސަރުކާރުން ތި އުޅޭކަމަކީ، ކޮންކަމެއްތޯ އިގިރޭސިބަހުން އިސްލާމަދީން ކިޔަވަަިގެންޗމޮޅުވަނީ؟
    ބޭނުންވެގެން ތިއުޅެނީ އިނގިރޭސިބަހުން ޣައިރުދީން ދަސްކޮށްދޭން މިހާރުވެސް އިސްލާމް ފޮތްތަކުގާ ލާދީނީއެތައް ކަމެއް އެތައް އެއްޗެއްލިއެ ކުދީންގެ ސިކުނޑިތައް ޚަރާބުކޮށްފި،
    ދެންތި ބޭނުންވަނީ މައިންބަފައިންނަށްވެސް ލިއެފާހުންނަ ކިވައިދީފާހުންނަ އެއްޗެއް ނޭނގޭވަރު ކުރަން ބައެއްމައިންބަފައިންނަކީ އަދިވެސް އިނގިރޭސި އެހާރަނގަޅަށް އެނގޭ ބައެއް ނޫން، މިހާރު މައިންބަފައިން އެބަ ޣައިރުދީން ކަންތައްތައް އިސްލާމްފޮތުގާ އޮތއްޔާ އެނގިގެން އެބަ މައްސަލަ ޖައްސާ ެެހެންވެ ކުރަން އިޅާކަމެއްތީ އިނގިރޭސި ބަހަށްބަދަކުކުރަން، ދެން ބުނާނީ މިގައުމުގާ ނެތޭ އިސްލާމް ކިއަވައިދެވޭވަރު މުދައަރިސުންނެއް ދެން އެވީ އިންޑިއާއިން އިސްލާމް މުދައަރިސުން ގެންނަން، ދެއެ ފެށުނީ މި ޣައްދާރު ގުނޑާސަރުކާރު ބޭނުން ކުޅިގަނޑު ދެމަހެއްތެރޭ ދަރިވަރުން ތިބޭނީ ސޮލީބު އަޅުވާފަ، ދަރިވަރުންގެ އިއުތިގާދު ފުނޑާލާފަ.