ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުގުޅޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ނ. ވެލިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިހާރު ވެސް ހުންނެވީ ދެވަނަ ބުރުގައި ކަމަށާއި އެކި އެކި ބޭފުޅުން ލައްވާ ޑިމޮކްރެޓުންގެ އިސް ބޭފުޅުންނަށް ގުޅުއްވޭތޯ ރައީސް ޞާލިޙު ބައްލަވަމުންދާކަމަށެވެ.
އަދި ރިިޔާސީ އިންތިޚާބު ދެވަނަ ބުރަކަށްދާ ހާލަތުގައި ރައީސް ޞާލިޙު ދެވަނާގައި ވާދަ ކުރައްވިނަމަ، ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެކަމަށާއި، ނަމަވެސް ޔަގީންކަމާއިއެކު ނަޝީދު ވިދާޅުވީ ރައީސް ޞާލިހު މިއިންތިޚާބުގައި އޮންނާނީ ތިންވަނާގައި ކަމަށެވެ. އަދި އެބޭފުޅުން ކުރަމުންދާ މަސައްކަތުން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އިލްޔާސް ލަބީބް ކަމަށާއި، މި އިންތިޚާބު އިލްޔާސް ކާމިޔާބު ކުރައްވާނެ ކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރައީސް ޞާލިހު އެކިއެކި ބޭފުޅުން ލައްވާ އަޅުގަނޑުމެންނާއި ގުޅުއްވޭތޯ އެބަ ބައްލަވާ. ދެވަނަ ބުރެއްގައިވެސް އަޅުގަނޑުމެން ނުދާނަން ރައީސް ޞާލިހާއި އެކުގައެއް. އަޅުގަނޑުމެން ރައީސް ޞާލިހު ތިންވަނައަށް ނުލައި އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ތިބޭނީ ދެވަނަ ބުރުގައި. މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ސަރުކާރުގެ މި ފަސް އަހަރުތެރޭ ވެލިދޫ އަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ވެލިދޫގެ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކަށް ވަރަށް ފައިދާ ވެފައިވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެލިދޫގެ ދެތިން ހަތަރު ވިޔަފާރިވެރިއަކަށް އިތުރު ފަޅު ރަށްތަކާއި، އިތުރު ފަޅާއި، ލުއި ލޯނުތައް ދީފައިވާ ކަމަށާއި ވެލިދޫގެ ރައްޔިތުންނަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
ތިޔަ މީދާ ޕާޓީއާއެކު ދެވަނަބުރަށް ދާނެ އެއްވެސް ޕާޓީއެއް މިރާއްޖެއަކު ނެތް. ދެން ލަލަލާ.