78 ސަފާރީ އަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފި

ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 78 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފިއެވެ.
ހުއްދަ ދޫކުރި އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތަކުގެ އޮޕަރޭޝަން މި މަހުގެ ފަހުކޮޅާއި އަންނަ މަހު އެކެއްގައި ފަށަން ވަނީ ހަމަޖެހިފައެވެ.
ސަފާރީތައް އޮޕަރޭޓު ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީ އިން އެކަމަށް ނަގަންޖެހޭ ހާއްސަ ހުއްދައެއް ނެގުމަށްފަހު އެވެ.
ސަފާރީތަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާއިރު ސަފާރީ ބޯޓްތަކުގެ ކްރޫއިންނާއި ޓޫރިސްޓުން އެއްވެސް ގޮތަކަށް މީހުން އުޅޭ ރަށްރަށަށް ނުފޭބުމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ސަފާރީތަކަށް އެރުން ވެސް ވަނީ މަނާ ކޮށްފައެވެ.
އިބޫ ވަރެއް ނެތް!!!