ޚަބަރު ރައްޔިތުންގެ މަޖިލިސް

ޝެއިހް އުސްމާން އަބްދުﷲގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އުސްމާން އަބްދުﷲ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.

Ads by STELCO

މަޖިލީހުގެ ހުރިހާ މެންބަރުން ވެސް އެ ސުކޫތުގައި ބައިވެރިވެވަޑައިގަތެވެ. މިއަދުގެ ޖަލްސާ ފެށި އިރު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވީ 28 މެންބަރުންނެވެ.

އުސްމާނަކީ އެކި ދުވަސްވަރު، ދީނީ ގޮތުން ވެސް ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ޝެއިހް އުސްމާން އަބްދުﷲ ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ.

ޝެއިހް އުސްމާން އަބްދުﷲއަސް 2012 ވަނަ އަހަރުވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!