ޚަބަރު މީހުން މުނިފޫހިފިލުވުން ޝަރުޢީ ދާއިރާ

ޖިންސީ ކުށުގެ ދައުވާއަކާއި ގުޅިގެން ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު ޖުމައްޔިލް އެނބުރި އިންޑަސްޓްރީއަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއެކު ފިލްމީ ދާއިރާއާއި ތިން އަހަރެއްހާ ދުވަހު ދުރުގައި ހުރުމަށްފަހު، މަޝްހޫރު ފިލްމީތަރި ޖުމައްޔިލް ނިމާލް އެނބުރި އިންޑަސްޓްރީއަށް އަންނަން ތައްޔާރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

ޖުމައްޔަލު ފިލްމީ ދާއިރާއިން "ބްރޭކް" އެއް ނެގުމަށްފަހު މި މަހުގެ 6 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ އައި ފިލްމުގެ "ނީނާ" ގެ ރޯލެއްގައި ފެނިފައިވާއިރު ޖުމައްޔަލު މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރު ޑިސެންބަރު މަހަށް ތާވަލުކޮށްފައި އޮތް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ނޮވެމްބާ" އިން ކަމަށް މައުލޫމާތު ލިބެއެވެ.

"ނޮވެމްބާ" ފިލްމަކީ2020 ގެ މެދުތެރޭގައި އަޅުވަން ޕްލޭންކުރި ފިލްމެއް ނަމަވެސް އެކި އެކި ކަންތައްތައް ދިމާވެ ކޮވިޑުގެ ސަބަބުންނާއިއެކު އެ ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެސްދެވިފައިނުވެއެވެ. އެހެންނަމަވެސް މިހާރު އެ ސްޓޫޑިއޯ އިން ތައްޔާރު ވަނީ ފިލްމު ޑިސެމްބަރު 4 ގައި ބެލުންތެރިންނަށް ދޫކޮށްލާށެވެ.

މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަހުމަދު ނިމާލްގެ ދަރިފުޅު، ޖުމައްޔަލު އެނބުރި އަނެއްކާ ވެސް ފިލްމަކުން ފެންނަން ތައްޔާރުވާއިރު، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން އާ އެއްވެސް އުފެއްދަމުކުން އޭނަ އަށް ފުރުސަތު ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ. އެފަހުން އޭނާ ޕްރޮޖެކްޓެއްގެ މަސައްކަތުންވެސް ފެނިފައިނުވެއެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހު އަންހެނަކު ވަނީ އޭނާގެ ވާހަކަ މީސް މީޑިއާގައި ކިޔައިދީފައެވެ. ޖުމައްޔިލްއާއި އާއިލީ ގޮތުން ވެސް ގުޅުމެއް އޮންނަކަން އެނގިފައިވާ އެ އަންހެން މީހާ ބުނީ، އެ އަމަލު ޖުމައްޔިލު ހިންގައިފައި ވަނީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެއިރު އޭނާއަށް ވާނީ 17 އަހަަރު ކަމަށް ވެސް ބުނެފައިވެއެވެ.

ޖުމައްޔަލުއަށް ދައުވާ ކޮށްފައިވަނީ އޭނާގެ ކެރިއަރުގައި އެންމެ ޕީކްގައި އުޅުނުއިރުއެވެ. އަދި އެކަމާއި ގުޅިގެން އޭނާގެ ކެރިއަރަށް ބުރޫއެރި އިރު، އޭނަ އަކީ މި ފަހުން ދިވެހި ސިނަމާ އިން އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި އެކްޓަރެކެވެ. އޭނާ އާންމުކޮށް ފެނިފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުން ކަމަށްވާއިރު އޭނާއާއެކު އެންމެ ގިނައިން ފެނިގެން ދިޔައީ މަރިޔަމް މަޖުދާ (މަޖޫ)އާއެކުއެވެ. މަޖޫއަކީވެސް ބެލުންތެރިންގެ މެދުގައި މަޝްހޫރު ކުޅަދާނަ ސްޓާރެކެވެ.

2014 ވަނަ އަހަރު ބައްޕަ ނިމާލުގެ "އަނިޔާ" ފިލްމުން ދާއިރާއަށް ނުކުމެފައިވާއިރު، ކާމިޔާބު ފިލްމުތަކެއް ކުޅެ އެވޯޑް ވެސް ހޯދާފައިވާ ޖުމައްޔަލު ޑާކް ރެއިންގެ "ފެވަރިޓެއް" ގެ ގޮތުގައި ފާހަގަކޮށްލެވުނުއިރު އެ ސްޓޫޑިއޯ އަށް ޖުމައްޔަލް ކުޅުނު ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ"، "ވަކިން ލޯބިން"، "މީ ލޯތްބަކީ"، "ގޮށްރާޅު" އަދި "މާމުއި" ހިމެނެއެވެ.

ޑާކް ރެއިނުން ލިބުނު ފުރުސަތުތަކާ އެކީގައި ކުރިއަރަމުން އައި ޖުމައްޔަލު ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "މަލިކާ"، "މާޔޫސް" އަދި "4426" ވެސް ހިމެނެ އެވެ.

ޑިސެންބަރުގައި "ނޮވެމްބާ" އާ އެކީ ޖުމައްޔަލް އެނބުރި އަންނަ އިރު، މި ފިލްމަކީ އޭނަ މަޖޫ ގެ ޖޯޑު އަނެއްކާ ވެސް އެކީގައި ފެންނާނެ ފިލްމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!