ޚަބަރު

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އެންމެ ބޮޑަށް އެހީވި މީހަކީ ޤާސިމް އިބްރާހީމް: ނިހާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖީއެމްއާރު މައްސަލައިގައި ގައުމުގެ މައި ދޮރޯށި ގެއްލި އެތަކެއް ބޮޑެތި ގެއްލުމެއްވީ ހިނދު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް އެހީތެރިވުމަށް ނުކުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް އެޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ވިދާޅުވެއްޖެވެ.

Ads by STELCO

ނިހާން މިފަދައިން ވިދާޅުވީ މިހާރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއެކު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހދ.ފިނޭއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނިހާން ވަނީ އިންޑިއާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް މަޖުބޫރުކޮށް މީގެ ކުރިން އެގައުމުން ދިވެހި ސަރުކާރަށް ކުރިމަތިކުރި ފިއްތުންތަކުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. ނިހާންވަނީ އަދުގެ ސަރުކާރުން މިކަމަށް ނުވިސްނައި ލޯނު ނަގާތީ އެކަމުގެ ނުރުހުން ފާޅުކުރައްވާފައެވެ.

އިންޑިއާއިން ނަގާ ލޯނު ދައްކަން މާދަމާވެސް އަންގަފާނެ. މިކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ ރައީސް ވަހީދަށް. އޭރުގައި ކުރު މުއްދަތަކަށް ނަގާފައި އޮތް ދަރަންޏެއް. އެ ހޯދަން 24 ގަޑިއިރު ރައީސް އޮފީހުގެ ދޮރުގައި ޓަކިޖަހާ. ޖީއެމްއާރު މައްސަލައިގައި ގައުމުގެ މައި ދޮރޯށި ގެއްލި އެތަކެއް ބޮޑެތި ގެއްލުމެއް ވީ ހިނދު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރަށް އެހީތެރިވުމަށް ނުކުންނެވީ ޤާސިމް. "

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަހުމަދު ނިހާން

ނިހާން ވަނީ ގާސިމް އިންތިހާބަށް ނުކުންނަން ޖެހުނީ މިވަރަށް ގައުމުގެ ހާލަތު ވެއްޓުމުން ކަމަށްކަން ފާހަގަކުރައްވާފައެވެ.

ޖީއެމްއާރްއާ އެއާޕޯޓް ހިންގަން ހަވާލުކުރީ އެމްޑީޕީ އިސްވެ އޮވެ 2008ވަނަ އަހަރު އުފެއްދި ސަރުކާރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެކަމަކު ނަޝީދުގެ ވެރިކަން ވެއްޓުމުން އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ، ވެރިކަމާ ހަވާލުވެ ދިވެހިންގެ ވައިގެ ބަނދަރު ދިވެހިންނަށް ހޯދައިދީފައެވެ.

ދިވެހިންގެ ހަރުމުދާ ބޭރު މީހުންނަށް ވިއްކާތީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅުން އޭރު ނުކުތީ ވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުންނެވެ.

Ads by Ooredoo
  1. އަބްދޫ

    ޖީއެމްއާރަށް އެއާޕޯޓް ވިއްކާލި ސަރުކާރު ގެނައުމުގެ އެންމެ ބޮޑު ހިއްސާހިމެނޭ މީހަކީ ގާސިމް .