ޚަބަރު

ގުޅިން ދެ މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކ. ގުޅިން އުމުރުން ދެ މަހުގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.

Ads by Hajj Corporation

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ބުނެފައިވާ ގޮތުގައި އެ ކުއްޖާ ފައްސިވެފައިވާ ކަން އެނގުނީ ހޯމް ކަރަންޓީނު ނިންމުމަށް ހެދި ޓެސްޓުންނެވެ.

ހޯމް ކަރަންޓިނުގައި ހުރި އެގެއިން ފަސް މީހުން ޓެސްޓު ކޮށްފައިވާއިރު، ފައްސި ވެފައިވަނީ އެކުއްޖާ އެކަނި ކަމުގައިވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ގުޅީ ސިއްހީ މަރުކަޒުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި އާއިލާގެ އެހެން މެންބަރުން ފައްސިނުވެ، ހަމައެކަނި ދެ މަހުގެ ތުއްތު ކުއްޖާ ފައްސިވުމުން އެކަން މައިންބަފައިން ގަބޫލުކުރަން ބޭނުން ނުވާ ކަމަށާއި ކުއްޖާގެ އިތުރު ޓެސްޓެއް ހަދަން އެދުމުން އެގޮތަށް އެކަން ނީންނަ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

ތުއްތު ކުއްޖާގެ އިތުރުން އެގެއިން ދެން އިތުރަށް ޓެސްޓު ކޮށްފައިވަނީ އިތުރު ދެ ކުދިންނާއި ކުދިންނާއި މަންމަ އާއި މާމައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!