Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަކީ މުއިއްޒު އަމިއްލައަށް މަރުވުން ކަހަލަ ކަމެއް, އެކަމެއް ނުކުރާނެ: މާރިޔާ 

ރައީސް ޔާމީން މިނިވަން ކުރުމަކީ މުއިއްޒު އަމިއްލައަށް މަރުވުން ކަހަލަ ކަމެއް, އެކަމެއް ނުކުރާނެ: މާރިޔާ 

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަކީ ޕީއެންސީގެ ކެނޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އަމިއްލައަށް މަރުވުން ކަހަލަ ކަމެއް ކަަމަށާއި މުއިއްޒު އެކަން ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނުގެ ޙައިސިއްޔަތުން ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މުއިއްޒު އިންތިހާބު ކާމިޔާބުކޮށްފި ނަމަ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށެވެ.

އެއީ ރައީސް ޔާމީން މިނިވަން ވެއްޖެ ނަމަ ޕީޕީއެމުން މަޖިލީހަށް ނިކުންނަވާނެ ކަމަށާއި ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބޭނެތީ ކަމަށް މާރިޔާ ވިދާޅުވިއެެވެ.

Advertisement
Allied — Dhen Online (box)

" ހަމަަ ވަހީދު ހުންނެވި ސިޗުއޭޝަނަށް މުއިއްޒު ދާނީ. ޕީޕީއެމުން ގޮނޑި ނަގައިފި ކަމަށް ވަންޏާ ވާދަވެރި އެހެން ސިޔާސީ ޕާޓީތަކާ އެކީގަ މުއިއްޒު އެބުނާ އެއްވެސް ވައުދެއް ފުއްދޭނެ އެއްވެސް ގޮތެއް ނީންނާނެ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މުއިއްޒު ރައީސް ޔާމީން މިނިވަން ނުކުރައްވާނެކަން އެއީ ސިޔާސީ ގޮތުން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"މުއިއްޒު ޔާމީނު ބޭރުކުރުމަކީ އޭނަ އަމިއްލައަށް ސުއިސަޑް ވުން ކަހަލަ ކަމެއް. އެހެންވީމަ ސިޔާސީ ގޮތުން އޭނަ އަމިއްލައަކަށް ސުއިސައިޑެއް ނުކުރާނެ" މާރިޔާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް