ޚަބަރު ސިޔާސީ

ރައީސް ޞާލިޙަކީ ރާއްޖޭގެ ތާރީޙް ދުށް އެންމެ ބޮޑު ވަގު: އަދުރޭ 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރާއްޖޭގެ ތާރީޙް ދުށް އެންމެ ބޮޑު ވަގު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ  ވިދާޅުވެއްޖެއެވެ.

Ads by STELCO

ގއ. ވިލިނގިލީގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިޙް ރާއްޖެއަށް ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ. އެއީ ވައްކަން ކުރުމުގެ ތަރައްގީ ކަމަށާއި ރައީސް ޞާލިޙަކީ ރާއްޖޭގެ ތާރީހް ދުށް އެންމެ ބޮޑު ވަގު ކަމަށް އަދުރޭ ވިދާޅުވިއެވެެ.

"ރައީސް ޞާލިޙް ތަރައްގީއެއް ގެނެސްފި ރާއްޖެއަށް, އެއީ ވައްކަން ކުރުމުގެ ތަރައްގީ. ރައީސް ޞާލިޙަކީ މި ރާއްޖެ ދުށް އެންމެ ބޮޑު ވަގު. އެންމެ ބޮޑު ވަގު އެއީ. ވަގުންގެ ތެރެއިން އަރާހުރި މުލު ވަގު އެއީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޞާލިޙްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަކީވެސް ނުބައި ނުލަފާ މީހެއް ކަމަށެވެ. އެއީ ގާނޫނަށް ކޮޅުފައިން އަރާފައި ހުރި މީހެއް ކަމަށާއި ރައީސް ޔާމީނާއި ޑރ. މުއިއްޒު އާއި ޖައްސަަވަން އުޅެގެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!