ޚަބަރު ސިޔާސީ

ޕީޕީއެމް/ޕީއެންސީ ފިޔަވައި ދެން ތިބި ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާ އެބަ ކުރަން: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުދި ޕާޓީތަކުގެ ތާއީދު ހޯއްދަވަން ކުރައްވާ މަޝްވަރާތައް އަދިވެސް ކުރިއަށް ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ތ އަދި ލ އަތޮޅުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ނޫސްވެރިން ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ފިޔަވައި ދެން ހުރި ޕާޓީތަކާއެކު އެކި ލެވެލްގައި ވާހަކަ ދެކެވޭ ކަމަށެވެ.

އެޕާޓީތަކަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުއްމީދެއް ނެތްކަން ކެންޑިޑޭޓުންނަށް މިހާރު ގަބޫލުކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"[ޕީޕީއެމް/ޕީއެންސީ ފިޔަވައި] ދެން ހުރި ޕާޓީތަކުގެ އެކި ލެވެލްގައި އަަޅުގަނޑުމެންނަށް ވާހަކަ އެބަ ދެކެވޭ. އަޅުގަނޑު ހިތުން މިހާރު އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭނެ އެބޭފުޅުންނަށް ފުރަތަމަ ބުރުގައި އުއްމީދެއް ނެތްކަން،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

ކުދި ޕާޓީތައް ކަމަށް ވިދާޅުވެ ރައީސް ޞާލިޙް އިޝާރާތްކުރެއްވީ ކޮން ކޮން ޕާޓީތަކެއްކަން ސާފުވެފައި ނުވިނަމަވެސް، ކެމްޕެއިން ހަރަކާތްތައް ގާތްގަނޑަކަށް ނިމުމަކަށް އަންނައިރު، ރަށްރަށުގައި ވޯޓު ބެހިފައި ހުރި ގޮތް ވެސް އެ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންނަށް ކުރިއެރުމެއް ބޭނުންވެވަޑައިގަންނަވާ ބޭފުޅުން، އެ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ތެރޭގައި ތިއްބެވި ނަމަ އަދިވެސް މިއީ ނިންމުމެއް ނިންމެވިދާނެ ވަގުތެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Ooredoo
  1. އިބުރާހީމް ތިބޭފުޅާޔަށް ދެދައުރު ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ ޤައުމަށް ލިބުނު ކުރިއެރުމަކީ ކޮބައިތޯ ޤައުމުގެ އިޤުތިސޯދް ބޭރު ގައުމަކަށްދީ އެތަކެއް ލޯނު ނަގާ ޤައުމުގެ މާލީ މުއްސަދިކަން އަޅުވެތި ކުރުވާފައި މިއޮތީ !

  2. 2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !