ޚަބަރު ސިޔާސީ

މަސްވެރިކަމާއި ދަނޑުވެރިކަމަށް ޚާއްޞަ މިނިސްޓްރީއެއް ގާއިމްކުރާނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްވެރިކަމާއި ދަނޑުވެރިކަމަށް ޚާއްޞަ މިނިސްޓްރިީއެއް ގާއިމްކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމަށް އެކަަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމްކުރާނެ ކަމަށެވެ.

" މަސްވެރިކަމަށް ޚާއްޞަ މިނިސްޓްރީއެއް، ދަނޑުވެރިކަމަށް ޚާއްޞަ" މިނިސްޓްރީއެއް ޤާއިމުކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

އަދި ތަޢުލީމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ޖާގަ އިތުރުކޮށް، އެ ރަށަށް ކިޔަވަން އަންނަ ކުދިން ގިނަކޮށް، ދަނާލެއް ޤާއިމުކޮށް، ތަޢުލީމީ ނިޒާމް ވަރުގަދަ ކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކަކީ ސަރުކާރުގެ ސިދާ އެހީތެރިކަން ލިބޭ، ރައްޔިތުން ހޮވާފަތިބޭ ކައުންސިލަރުންނަށް ފުރިހަމަ ބާރުދީގެން ހިންގޭ ނިޒާމެއް ބައްޓަންކުރެވިގެންދާނެ ކަމަށާއި ޖުޑީޝަރީއަށް ހުށަހަޅާ ރިފޯމްގެ ތެރޭގައި، ޤައުމަށް ޣައްދާރުވުން ނުވަތަ ހައި-ޓްރީޒަންގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ޤާނޫނެއް ވެސް ތަޢާރަފުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!