ޚަބަރު

ދައުލަތުގެ މުވައްޒަފުން ލައްވައި ކެމްޕެއިން ކުރާ މައްސަލަ އީސީން ބަލަން ޖެހޭ: ޠަލާލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން(އީީސީ)އިން މަގުފަހިކޮށްދޭން ޖެހޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ތަރުޖަމާނު، މުޙައްމަދު ޠަލާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޠަލާލު ވިދާޅުވީ، އިންތިޚާބާއި ގުޅިގެން، އިންތިހާއަށް ނުފޫޒު ފޯރުވުމަށް ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

"ދައުލަތުގެ މުވައްޒަފުންނަށް، ސަރުކާރުގެ މުވައްޒަފުންނަށް، ބިރުދެއްކުމަށް ކަންކަން ދަނީ ކުރަމުން. މިކަންކަން ހުއްޓުވަން، އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅުތައް އަޅުއްވަން އެބަޖެހޭ." އޭނާ ވިދާޅުވިއެވެ.

ޠަލާލު ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުން ލައްވައި، ރިޔާސީ ކެމްޕެއިނުގެ މަސައްކަތް ވެސް ކުރުވަމުން އަންނަ ކަމަށާއި، ވަކި ގޮތަކަށް ވޯޓު ދިނުމަށް ވެސް މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ.

"އަދި، ވަޒީފާގެ ބިރު ދެއްކުމާއި، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރަމުން ގެންދާ މައްސަލަތައް އެބަޖެހޭ އިލެކްޝަންްސް ކޮމިޝަނުން ހުއްޓުވަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޠަލާލު މިފަދަ ކަންބޮޑުވުމެއް ފާޅުކުރެއްވިއިރު، އީސީގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވީ، އަންނަ މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އެ ކޮމިޝަންގެ ފަރާތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ކަމަށެވެ.

 

Ads by Allied Insurance
  1. ސަމުގާ

    ޔާމީނުގެ ކެމްޕެއިންގައި، ސަރުކާރުގެ މުވަޒަފުން، އުޅުނީ އޮފީހަށް ވެސް ނުގޮސް، ކެމްޕެއިންގައި، ރާއްޖޭގެ އެތައް މިތާ.

  2. ދުސްމިނުވިޔަސް ތެދުބަހުންވާހަކަ ދައްކަންފަރިތަކުރޭ ސޯލިހުސަރުކާރުގެ.އުޅަދުފަހަތުގާ މަތންނާތިރިންއުދުހެނީ ސޭހުގެލަވާގަވެސްކިއެންނު އެފަދަރައީސެއްނެތޭ އެއީ ސަރުކާރުގެތަކެތިނަހަމަގޮތުގާބޭނުންކޮންގައުމުވިއްކާތީވެ