ލައިފްސްޓައިލް

ފޮތުން ކިޔަވާ ނަމަ ދަސްވާލެއް އަވަސްވޭ!

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާ ކުދިންނަށް ވުރެ ފޮތުން ބަލައިގެން އެއްޗެހި ދަސްކުރާ ކުދިންނަށް ދަސްވާ މިންވަރު އަވަސް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

އެ ދިރާސާގައި ބުނަނީ ސްކްރީނުން ބަލައިގެން ދަސްކުރާ މިންވަރަށްވުރެ، ފޮތުން ބަލައިގެން ދަސްވާ މިންވަރު އަވަސް ކަމަށެވެ. އަދި މިއަދުގެ ޖީލު ބޮޑަށް ބަރޯސާ ވަނީ އިލެކްޓްރޯނިކް އާލާތްތަކަށް ކަމަށާއި ސްކޫލުތަކާއި ބެލެނިވެރިންވެސް ކުދިން މިފަދަ ތަކެއްޗަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރާކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އެ ދިރާސާގައި ބުނެފައި ވަނީ ސްކޫލުތަކުގައި ކުދިން ފޮތުގެ ބަދަލުގައި އައިޕެޑާއި ޓެބްލެޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި ނަމަވެސް މިއީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ހުރިކަމެއް ކަމަށެވެ.

"ޑިޖިޓަލް ޕްލެޓްފޯމުތަކާއެކު ކުދިންގެ ދަބަހަށް ލުޔެއް އައިސްފި. އެކަމަކު ސްކްރީނުން ބަލައިގެން އެއްޗެހި ދަސްކުރުމަކީ ކުދިންނަށް އެހާ ފަސޭހަ ކަމަކަށް ނުވޭ،" ދިރާސާގައި ބުނެފައިވެއެވެ.

ފޮތުން ބަލައިގެން ކިޔާއިރު ސިކުނޑިއަށް ނަގައިގަނެވޭ މިންވަރު އަވަސްކަން ދިރާސާއިން ދައްކާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ފޮތުން ބަލައިގެން ކިޔުމަށްވުރެ އޮންލައިންކޮށް ނުވަތަ ޑިޖިޓަލް ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެއްޗެހި ކިޔުމަށް ހޭދަވާ ވަގުތު ކުޑަކަން ދިރާސާއިން ދައްކައެވެ.

ކޮވިޑް-19އާ ގުޅިގެން އޮންލައިން ކޮށް ކިޔަވަން ޖެހިފައިވާ މި ދަނޑިވަޅުގައި މިކަމާ މެދު ވިސްނާލުން މުހިންމެވެ. ނަގައިދޭ ފިލާވަޅުތައް ޕްރެޒެންޓޭޝަން މެދުވެރިކޮށް ދަސްކުރުމުގެ ބަދަލުގައި ޓެކްސްޓް ފޮތްތަކުން ކިޔެވުން މުހިންމު ކަމަށް މި ދިރާސާގެ އަލީގައި އެނގިގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!