Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އެކްޓަރުންނާ މިޔުޒީޝަނުން ތަމްރީނު ކުރަން ސްކޫލެއް ގާއިމްކުރަން މުއިއްޒުގެ ވައުދެއް

އެކްޓަރުންނާ މިޔުޒީޝަނުން ތަމްރީނު ކުރަން ސްކޫލެއް ގާއިމްކުރަން މުއިއްޒުގެ ވައުދެއް

އަންނަ ރިޔާސީ ދައުރަށް ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފިނަމަ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީނު ކުުރުމަށް އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ގާއިމްކުރުމަށް ވައުދުވެއްޖެއެވެ.

ދިވެހީންގެ ރާއްޖެ ނަމުގައި މުއިއްޒު ނެރެފައިވާ މެނިފެސްޓޯގައި ވަނީ ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަ ވައުދުތަކެއް ހިމަނައިފައެވެ.

އޭގައި ބުނާ ގޮތުން ފެޝަން ޑިޒައިނިންގް، ކެއްކުން، އެނިމޭޝަން، އެކްޓިންގް، ފިލްމު ސްޓަޑީޒް އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ުރުން އަދި އާކިޓެކްޗަރގެ އިތުރުން މިޔުޒިކް ފަދަ ޒުވާނުން ޝައުގުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް ބައިނަލްއަގުވާމީ ފެންވަރުގެ ނަންހިނގާ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ގާއިމް ކުރާނެއެވެ.

Advertisement
HDC — Sidebar (box)

ކޮންމެ ސަރުކާރެއްގައިވެސް އެންމެ ބޮޑަށް އަޅާނުލެވި ދޫކޮށްލާފައިވާ މުނިފޫހިފިލުވުމުގެ ދާއިރާއަށް މުއިއްޒު ވަނީ އިތުރު ކަންކަންވެސް ކުރަން އަމާޒު ހިފައިފައެވެ.

އެގޮތުން މިޔުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގް މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް އާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގް އަދި ރެކޯޑިންގް ސްޓޫޑިއޯތަކެއް ގާއިމްކުރަންވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ކުރީއްސުރެއް މިޔުޒިކް ކުޅޭ ބޭންޑުތަކުން ޕްރެކްޓިސްކުރާނެ ސްޓޫޑިއޯތައް ހޯދަން ދަތިތަކާއި ކުރިމަތިވެއެވެ.

ދާދި ފަހުން ރައީސް ޞާލިހުގެ ސަރުކާރުގައި އޮލިމްޕަސް މަރާމާތުކޮށް ހުޅުވިއިރު އެތަނުގައި ޕްރެކްޓިސް ރޫމުތަކެއް ތަރައްގީކޮށްފައިވެއެވެ.

އެހެންނަމަވެސް އެތަނުގައި ހުންނަނީ ތިން ރޫމު ކަމުން ބޭންޑުތަކަށް އޮންނަ ފުރުސަތު ވަރަށް ހަންޏެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ޒަމާނީ ވަސީލަތްތައް ހިމެނޭ އާޓްސް ވިލެޖެއް ނުވަތަ ޕްރޮޑަކްޝަން ހައުސްއެއް ތަރައްގީކުރަންވެސް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެ ސަބަބުންް ފިލްމު ޝޫޓު ކުރަން އެވިލެޖު ބޭނުންކުރެވި ދާއިރާގެ މަސައްކަތްތެރިންނަށް ލުއިތަކެއް ލިބިގެންދާނެއެވެ.

އަދި މިހާރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކޮޕީރައިޓްސް މައްސަލަ ހައްލު ކުރުމަށް ކޮޕީރައިޓްސް ގާނޫނަށް އިސްލާހުތަކެއް ގެނަސް އެގާނޫނު ތަންފީޒު ކުރުން ހަރުދަނާ ކުރަންވެސް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް