ޚަބަރު ސިޔާސީ

ތައުލީމީ މުވައްޒަފުންގެ މުސާރަ ދެގުނަކޮށް، އަންހެން ވެރިން އިތުރުކުރަން މުއިއްޒު ވައުދުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑރ. މުއިއްޒު ޅ. ހިންނަވަރުގައި ވާހަކަފުޅު ދައްކަވަނީ

ސިވިލް ސާވިސްގައި މަސައްކަތްކުރާ ތައުލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ މިހާރަށްވުރެއް ބޮޑުކޮށް އޮފީސްތަކުގެ ވެރިންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އިތުރުކުރަން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

Ads by MWSC

ޑރ. މުއިއްޒުގެ ދިވެހީންގެރާއްޖެ މެނިފެސްޓޯގައި ވަޒީފާއާއި ވުނޭރުކަމުގެ ދަށުން ވެފައިވާ ވައުދުތަކަށް ބަލާއިރު ވަޒީފާ ބޭނުންވާ ކޮންމެ ފަރާތަކަށް ތައުލީމާއި ތަޖުރިބާ އަދި ހުރަރާއި އެކަށޭނަ މަދު ނުވާނެފަދަ 5 އަހަރުތެރޭގައި ގާއިމްކޮށް، ރާއްޖެއިން އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް އެއްކޮށް ފޮހެލަން ވަނީ އަމާޒު ހިފައިފަ އެވެ.

ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ޒުވާން އަދި ތައުލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ދެގުނައާއި ހަމައަށް ބޮޑުކުރަން ހިމަނާފައިވާއިރު، ސިވިލް ސާވިސްގައި ވެރިންގެ ފެންވަރުގެ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރަން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ހެއާ އެންޑް ބިއުޓީ، ރިސޯޓުތަކުގެ މިޔުޒީޝަނުންނާއި ބޭންޑުތައް، ހައުސްކީޕިންގް، ފްރަންޓް އޮފީސް އަދި ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުގެ ވަޒީފާތައް އަދި ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް "ދިވެހީންނަށް ހާއްސަ" މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅައި އެއިދާރާތަކުގައި ދިވެހި ޒުވާނުންނާއި ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވަންވެސް ވަނީ މެނިފެސްޓޯގައި ހިމަނައިފަ އެވެ.

ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ގާއިމްކުރުމަށް، ނަހުނަކާއިނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ހިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯޝިޕް ލިބޭނެގޮތަށް ގާއިމްކުރެވޭނެ، 500 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފުކުރަންވެސް މުއިއްޒު ވަނީ އަމާޒު ހިފައިފަ އެވެ.

މީގެ އިތުރުން މިނިމިގެންދާ 5 އަހަރުގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ނުލިބޭ، ނުވަތަ ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަލުން ވަޒީފާދީ ކުރިއެރުން ހައްގު މުވައްޒަފުންނަށް އެ އިންތިޒާމުތައް ހަމަޖައްސަން މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

  1. ސިވިލްސާވިސް ގައި ޕުރޮފެސަނަލް އެލަވެސް ބޮޑު ކޮއްލަ ދެންވީ،އާކިޓެކު، ސިވިލް އިންޖ، އެކައުންޓ،ލޯޔަރ