ޚަބަރު ސިޔާސީ

ރައީސް ޔާމީން ބޭނުންފުޅުވަނީ އިންތިޚާބު މުއިއްޒު ކާމިޔާބު ކުރަން, ހުންނެވީ ހައްޔަރުވެފައި: ސައީދު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް ސައީދު ވާހަކަ ދައްކަވަނީ، ފޮޓޯ: ޕީޕީއެމް

މި ސަރުކާރުގެ އަނިޔާވެރި ވަކިތަކުގެ ތެރޭގައި ރައީސް ޔާމިން ހުންނެވީ 1018 ދުވަސް ޖަލުގެ އަނިޔާގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސައީދު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެންޕެއިން ދަތުރުގައި ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމިން ބޭނުންފުޅުވަނީ ޑރ. މުއިއްޒު މި އިންތިޚާބު ކާމިޔާބުކުރައްވަންކަމަށާއި، މި ކެންޕެއިން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް ރައީސް ޔާމިން ހުންނެވީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ދަށުގައި ހައްޔަރުވެފައިކަމަށް ސައީދު ވިދާޅުވިއެވެ.

ޕީޕީއެމް އަދި ޕީއެންސީ އަކީ މިހާރު ފުރާ ފުރިހަމަވެފައިވާ ދެޕާޓީކަމަށާއި އެކަމާ މި ސަރުކާރުން ޖެހިލުންވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު މިހެން ވިދާޅުވީ އެޕާޓީގެ ކެނޑިޑޭޓް ޑރ. މުއިއްޒު އާއި ރައީސް ޔާމީންގެ ދޮގު ޚަބަރު ފަތުރާކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާތީ އެކަމަށް ނުރުހުން ފާޅުކުރަމުންނެވެ. ސައީދު ވިދާޅުވީ ސަރުކާރުގެ ފައިސާ ލިބިގެން ހިންގާ މީޑިއާތަކުން ފަތުރާ ޚަބަރުތަކަށް އެޕާޓީން ޖަވާބުދާރީވާން ނުޖެހޭކަމަށެވެ.

ރައީސް ޔާމީން އަށް ވަފާތެރި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި ޢަބްދުއްރަޙީމްއަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވީ، މިދިޔަ ފަސް އަހަރުތެރޭގައި މި ސަރުކާރުން ޕީޕީއެމް ރޫޅާލުމަށްޓަކައި ވަރަށް މަސައްކަތްކުރަމުންދިޔަކަމަށާއި ނަމަވެސް ޢަބްދުއްރަޙީމް ވަނީ ވަރަށް ހިކުމަތްތެރިކަމާއެކު ދެ ޕާޓީ ހިންގާފައިކަމަށް ބުނެ ޢަބްދުއްރަޙީމްއަށް ތަޢުރީފްކުރައްވާފައެވެ.

" ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ، ވިޔަކަސް ރާޅު ބޮޑު ދީއްލާނުލާނެކަން ޢަބްދުއްރަޙީމް ދެއްކެވީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޑރ. މުއިއްޒު ވެރިކަން ކުރައްވާނީ ރައީސް ޔާމިންގެ ލަފާފުޅާއެކީގައި ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވާނީ ރައްޔިތުންނަށްޓަކައިކަމަށެވެ.

  1. ހަސަންބެ

    ކާކަށްތަ ނޭނގިގެން އުޅެނީ ވަގު އޮތީ ޖަލަށް ލާފަ ކަމެއް. ފިނިފެން މަލެއް މޯޅިވީމަ އެސޮރު ހިތަށް ތަދުވާނެކަން ހަބަރު ލިޔުނު މީހުންނަށް ނޭނގުނު ދޯ

  2. ހާފިޔާ

    މުއިއްޒު އުޅެނީ ޔާމީނަށް ގޮތެއް ހަދަން.

  3. ވަތަން

    ️އިންޝާﷲމިހަރުު މުއިއްޒުވާނީި އެއްބުރުންް މިހާރުު ރައްޔިތުންނައްް ސާފުވެއްޖެ އިބޫގެެ ނުރައްތެރިި ހީލަތްތެރިިކަންް ނަމައްް ސޯލިހުއަޔައްް ކަމައްޖާހިލުު ހަތުރެއްކަންް އިބޫގެެ އެއްވެސްް އިހުލާސްތެރިކަމެއްނެތްް ގައުމުބޭރުު މީހުންނައްް ވިކިއްޖެެ މިގައުގަަ މިނިވަންކަމެއްނުލިބޭޭ ޓެކުސްތައްް މާމައްޗައްް ޕްލާސްޓިކުު ކުނިއުކާާ ކޮތަޅުގެެ އަގުު ޖަވާހިރުގެެ އަގެއްވުރެވެސްް ބޮޑުކޮއްފިި ދަތުރުފަތުރުު ނުކުރެވޭހާމައްް ޑޮލަރުދަވަހުންދުވަހައްް މައްޗައްް އެކަމްް ރާއްޖެއައްް ވަންނަޑޮލަރުު ދުވަހުންދުވަހައްް ވަރައްބޮޑުތަނުންް އިތުރުވާކަމައްް ސަރުކާރުންބުނާއިރުު ކީއްވެެ އަހަރުމެނައްް ބައްޔެއްވެގެންް ޑޮކްޓަރައްދައްކާލަންދާންވެސްް ޑޮލަރުނުލިބެނީީ މާލެސަރަހައްދުންް ދިންގޯތިވެސްް ހިތުހުރިގޮތަކައްް އެމީހުންބޭނުންވާބަޔަކައްް ހަމަދިނީީ އާއްމުު ނިކަމެތިި ރައްތުމީހާއައްް އަދިި މިދުނިޔެއިންް ފެންނާންވެސްް ނެތްް ގޯތިތަކެއްް މީތޯސޯލިހުކަމަކީީ