ޚަބަރު ސިޔާސީ

މާރިޔާގެ ވާހަކަ ފެށީވެސް ޑރ. މުއިއްޒުއަށް އެއްޗިހި ކިޔަމުން: ޝަހީމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ، ފޮޓޯ: ޕީޕީއެމް

"އުފާވެރި މާލެ" ނަމުގައި މިރޭ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އެޕާތީގެ އިންތިޚާބީ އޭޖެންޓު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވާހަކަ ފެށީވެސް ޑރ. މުއިއްޒުއަށް އެއްޗިހި ކިޔަމުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓްރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަހީމް މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޯލިޝަން ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެންޕެއިން ދަތުރުގައި ލ. ފޮނަދޫގައި ރޭ ކުރިއަށް ގެންދިޔަ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒުގެ ސަޕޯޓަރުން ފޯރިނަގަނީ، ފޮޓޯ: ޕީޕީއެމް

ޝަހީމް ވިދާޅުވީ މި ސަރުކާރުން ދަނީ އެޕާޓީގެ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ވަރަށް ވިޔާނުދާ ބަސްތަކުން އެއްޗިހި ކިޔަމުންކަމަށާއި، މިރޭ އެމްޑީޕީ ގެ ޖަލްސާގައި ވާހަކަ ދެއްކި ހުރިހާ ބޭފުޅުންވެސް އެމަނިކުފާނަށް އެއްޗިހި ކިޔުއްވަމުން ގެންދެވިކަމަށާއި އެންމެ ގިނައިން އެއްޗިހި ކިޔުއްވަނީ މާރިޔާކަމުގައި ވިދާޅުވިއެވެ.

ނަމަވެސް ޑރ. މުއިއްޒު އެތަނުން އެއްވެސް ބޭފުޅަކަށް ރައްދުގައި އެއްވެސް އެއްޗެއް ވިދާޅުނުވާކަމަށާއި، އެމަނިކުފާނަކީ ޙިލްމުވެރި ބޭފުޅެއްކަމުގައި ޝަހީމް ވަނީ ސިފަކުރައްވާފައެވެ.

"މޭވާ އަޅާ ގަހަކަށް ގާއުކާނެ ނޫންތޯ؟ އެކަމަކު ބައްލަވާ، ޑރ. މުއިއްޒު އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅުނުވޭ، މިއެއްނޫންތޯ ޙިލްމުވެރިކަމަކީ، މިއެއްނޫންތޯ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައަކީ!"

ޝަހީމް ވަނީ މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި ހެޔޮ ވެރިކަމަށް ކުރުމަށްޓަކައި، ދިވެހި ރައްޔިތުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒުއަށް ވޯޓު ދެއްވުމަށް ގޮވައިލައްވައިފައެވެ.

Ads by Ooredoo
  1. ދުރުމި

    ޝަހީމުއާއި ޕީޕީއެމުން ކިތައްމެ އެޗެއް ގޮވިއަސް ހަމަ ރަނގަޅު ދޯ؟ ދީނީ ތާޖު އަޅައިގެން، 13 ޗެނަލުން ނާއި ޕޯޑިއަމްތަކުގައި ވަގަށް ގޮވާއިރު ޝަހީމު އެކަން ނުހުޓުވާޏާ، ތިވެސް ހަމަ އޭގެ ބައިވެރިއެއް ނޫންތޯ؟

  2. ސޭކު

    މަށައް ފެންނަގޮތުން މާރިޔާ އާއި ސަހީމް މިހާރު ކައިވެނި ކުރުން ރަގަނޅު.ތިތިބީ ވަކި ނުވެެވޭ ވަރަށް ހިތާ ހިތުގެ ގުޅުން ގުޅިލާމެހިފައި. މަރުހަބާ.