10 ރިސޯޓަކުން ހަތަރު ފަތުރުވެރިންނާއި 13 މުވައްޒަފުން ކޮވިޑް-19 އަށް ފައްސި ވެއްޖެ

ރާއްޖޭގެ 10 ރިސޯޓަކުން ހަތަރު ފަތުރުވެރިންނާއި 14 މުވައްޒަފުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި ވަނީ ޖުމްލަ 10 ރިސޯޓަކުން 13 މުވައްޒަފުންނާއި ހަތަރު ފަތުރުވެރިން ފައްސިވެފައެވެ. ނަމަވެސް ކޭސްތައް ފެނިފައިވަނީ ކޮން ރިސޯޓުތަކަކުން ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލާފައިވާއިރު، އޭގެ ފަހުން އެންމެ ފުރަތަމަ ފަތުރުވެރިއެއް ފައްސިވެފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ރާއްޖެއިން މިހާތަނަށް 6564 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ 2،527 މީހަކަށެވެ. އަދި 26 މީހަކު ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ.