ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ގިނަ މަޝްރޫޢުތައް މި ސަރުކާރުން ވަނީ ހުއްޓުވައިފައި: މުޢިއްޒު
އިދިކޮޅު ލީޑަރު، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ގިނަ ރަށްތަކުގައި ފަށައިފައިވާ މަޝްރޫޢުތައް، މި ސަރުކާރުގައި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ހިތަދޫގައި ބޭއްވި ޖަލްސާގައި، ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުޢިއްޒު ވިދާޅުވީ، ގިނަ ރަށްތަކުގައި ރައީސް ޔާމީންގެ ސަރުކާރުން ޤާއިމުކޮށްދިން އައިސް ޕްލާންޓްތަކުގައި ދަބަރު ޖަހައިފައިވާ ކަމަށެވެ.
“މަސްވެރިކަން އޮތީ އަނދަވަޅަކަށް ވެއްޓިފައި. އެހެންވީމަ، އަޅުގަނޑުމެން މި އަންނަނީ ކޮޅަށް ޖަހަން." މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒުގެ ވާހަކައިގައި، މި ފަހަރުގެ މެނިފެސްޓޯގައި، ދޮރުވެރިކަމަކީ ޕީޕީއެމް-ޕީއެންސީގެ މައި ސިޔާސަތުކަން ފާހަގަކުރައްވައި، މި ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ލިބިފައިވާ ގޯތީގައި ގެ އެޅުމަށް ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
"ބިން އޮތް ސަރަހައްދެއް ވިއްޔާމު، ހައުސިން ޕްރޮޖެކްޓްސް ހިންގުން، މިއީ އެންމެ މުހިންމު ސިޔާސަތު، ވަކި ރަށެއް ބަލާފައެއް ނޫން އެކަން ކުރާނީކީ." އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ އަކީ ތަރައްޤީއަށް ލޯބި ކުރާ ބައެއް ކަމަށާއި، ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ހިންގުމަށް އެ ކޯލިޝަންގެ ސަރުކާރެއްގައި ހުރަސް ނާޅާނެ ކަމަށެވެ.
ހުޅުމާލް 2 ވަނަ ފިޔަވަހީގަ ޔާމީނު ފަށާފަ ހުރި މިވެރިކަނއައި އިރު ބިމުއަޑީގެ ފައުންޑޭސަން ނިމިފަހުރި 25 ބުރީގެ ޓަވަރު 4000 ފްލެޓް ގެ މަސައްކަތް މިސަރުކާރުންހުއްޓުވި .އައޖީއެމްއެޗް ގެ އިތުރުފަޅި ހުސްބިމުގަ ތަރައގީކުރަން ފެއްޓި 25 ބުރީ 5 ޓަވަރުގެ މަސައކަތް ހުއްޓުވި . މާލެ ވިލިގިލި ގުޅީފަޅު ތިލަފުށި ބްރިޖް މަސްރޫއު ވެސް މިސަރުކާރުން ހުއްޓުވި . ހިޔާފްލެޓް މަސްރޫއު ފުރިހަމަކުރަން މަސަ=އްކަތް ނިންމުން މިސަރުކާރުން ހުއްޓުވި.