ޚަބަރު

މުއިއްޒުގެ ކެމްޕޭން ހަރަކާތުގައި މެޑަމް ފާތުން ބައިވެރިވަނީ 

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

Ads by STELCO

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޕީޕީއެމް އޮފީހަށް މެޑަމް ފާތުން ވަޑައިގަންނަވާނެއެވެ. އަދި ކެންޕެއިން ހަރަކާތްތައް ކުރިޔަށްދާ ގޮތް އޮޅުންފިލުވާނެއެވެ.

މިއީ ރިޔާސީ ކެމްޕެއިންގައި މުއިއްޒު ވާދަ ކުރައްވަން ނިންމެވި ފަހުން މެޑަމް ފާތުން މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރިޔާސީ ކެމްޕެއިނުގައި ޑރ. މުޢިއްޒު މިހާރު ހުންނެވީ ލ.އަތޮޅުގައެވެ. އެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން، މުޢިއްޒު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ.

Ads by HDC
  1. ފާތުން

    ހޮޅިމުއިއްޒު ދުވަސްވެސް ތިދިޔައީ!!

  2. ތާކޫރު

    މުއިއްޒުގެ ދުވަސް ތި ދިޔައީ.