ދީން

ކޮރޯނާ ވައިރަހާ ގުޅޭ މިކަންކަމާ މެދު ވިސްނާލަމާ!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިވަނީ މުޅި ދުނިޔެ ފަހަތަށް ޖައްސާލާ ދުނިޔޭގެ މައްޗަށް ކުރި ހޯދާފައެވެ. ވަރުގަދަ އިގްތިސާދުތައް އިނދަ ޖައްސާލިއިރު ، ގައުމުތައް މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައެވެ. މި ބައްޔަށް ބޭހެއް ހޯދުމުގައި ދުނިޔޭގެ ސުޕަރ ޕަވަރތައް ވެސް އަދި މިވަނީ ނުކުޅެދިފައެވެ.

Ads by MWSC

ހުރިހާ ހާލަތެއްގައި ވެސް ، ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުމެން މުސްލިމުން ވަކީލު ކުރަނީ ﷲ ތަޢާލާއަށެވެ. އެ އިލާހުގެ މިންވަރުފުޅަށް އަޅުގަނޑުމެން ރުހެމުއެވެ. ކޮރޯނާ ވައިރަހަކީ ވެސް އިމްތިހާނެއް ކަމުގައި ގަބޫލު ކުރަމުއެވެ. އަދި މިކަންކަމުން އަޅުގަނޑުމެން އިބްރަތް ހޯދަމުއެވެ. މިއީ ވެސް މި ބަލިން އަޅުގަނޑުމެންނަށް ލިއްބައިދޭ ދެތިން އިބުރަތެކެވެ.

ކޮރޯނާ ވައިރަސް އުފެދިގެން ދިޔައީ ޗައިނާގެ ވުހާންގެ މާރުކޭޓަކުންނެވެ. އެ މާރުކޭޓަކީ ވަލުޖަނަވާރާއި މީދަލާއި ކުރަފި ފަދަ މިނޫންވެސް އެތަކެއް ތަކެއްޗެއްގެ ކެއުން ވިއްކާ މާރުކޭޓެކެވެ. ޗައިނާގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި ކޮރޯނާ ވައިރަސް ފުރަތަމަ ޖެހުނު މީހާއަށް އެ ވައިރަސް ޖެހުނީ ވާލު ސޫޕަކުންނެވެ. (ކެއުން ހަރާމް ތަކެއްޗާއި ހަލާލް ތަކެތި ކަނޑައަޅުއްވާފައިވަނީ އިންސާނިއްޔަތުގެ ރައްކަލަަށް ނޫންތޯއެވެ.)

ރަށެއްގައި ބޮޑު ބަލި މަޑުކަމެއް ފެތުރޭނަމަ އެރަށަކަށް އަރާ ފޭބުމަކީ ދީނުގައި ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތެކެވެ. މިދެންނެވި ސިޔާސަތަށް އަމަލު ނުކުރުމުން ކޮރޯނާ ވައިރަސް ޖެހުނީ ކިތައް ކިތައް މީހުނަކަށްތޯއެވެ. އަދި މި ބަލިން ރައްކާތެރިވުމަަށް މިހާރު އެންމެ ބޮޑަށް ސަމާލުކަން ދެނީ ވެސް މިކަމަށެވެ.

ހަމައެހެންމެ ބޭހެއް އުފެއްދިފައި ނެތް މި ވައިރަހުން ރައްކާތެރިވުމަށް ޑޮކްޓަރުން އެންމެ ބޮޑަަށް ދޭ އިރުޝާދަކީ އަތްދޮވުމެވެ. ނުވަތަ ސާފުތާހިރުވުމެވެ. ވީޑިއޯ އިޝްތިހާރުތަކާއި އެކި ލިޔުންތައް މެދުވެރިކޮށް އެކަމަށް ދޭ ސަމާލުކަން ދަނީ ފުޅާކުރަމުންނެވެ. ވިސްނާލައްވާށެވެ. ފަސްވަގުތު ނަމާދު ކުރާ މީހަކަށް ނުވަތަ ދުވާލަކު ފަސްފަހަރު ވުޟޫކުރާ މީހަކަަަަށް ކިތައްފަހަރު އަތްފައި ސާފު ކުރެވޭނެތޯއެވެ.

އަޅުގަނޑުމެންނަށް ހުރިހާ ކަމެއްގައި ވެސް ސަލާމަތާއި ރައްކާތެރިކަން އޮތީ ދީނުގެ އިންތަކާއި މިންތަކުގެ ތެރެއިންނެވެ. ދީނުގެ ހުކުމްތަކަަށް އަމަލުކޮށްގެންނެވެ. އިސްލާމްދީނަކީ ވައިރަހެއްކަމަށް ސިފަކުރި ފަރާތްތަކުގެ ތެރެެއިން އުފެދިގެން އައި މި ވައިރަހުން ދިވެހި އުއްމަތް ސަލާމަތް ކުރައްވާށިއެވެ.!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!