މިރޭ މާލޭގައި 10 މިނެޓަށް ހަވާ އަރުވަނީ

ވެރިރަށް މާލޭގައި 10 މިނެޓު ވަންދެން މިރޭ ހަވާ އަރުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
މިކަން ހާމަކުރައްވައި އެމްއެންޑީއެފުން ވިދާޅުވި، "އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023" ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާއަރުވާނެކަމަށެވެ.
މިގޮތުން ހަވާ އަރުވަން ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. މި ހަރަކާާތް އޮންނާނީ، ޢިއްޒުއްދީން ފާލަން ސަރަހައްދުގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 10 މިނެޓެއް ހާއިރު ކަމަށެވެ.