ލޭބަރ ޕާޓީގެ ރައީސް ޝިހާމްގެ ތާއީދު ޑރ. މުޢިއްޒަށް
![](https://dhen.mv/wp-content/uploads/2023/09/82bbf708-e5c3-4cb7-87e7-758b84435fdb-850x548.webp)
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި, ލޭބަރ ޕާޓީގެ ރައީސް އަޙްމަދު ޝިޔާމްގެ ތާއީދު, ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޢިއްޒަށް އޮތްކަން ހާމަކުރައްވައިފިއެވެ.
ފޭސްބުކްގައި މިއަދު, ޑރ. މުއިއްޒާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ޝިހާމް ވިދާޅުވީ, ދިވެހި ޤައުމު މިހާރު މިދަނީ ދިވެހިންގެ އަތުން ބީވެގެން ކަމަށާއި, ދިވެހި ވަންތަ ޖީލެއްގެ އަތުން ޤައުމު ދޫވެގެންދާ ކަމަށެވެ. އެ ސަބަބާހުރެ ޑރ. މުޢިއްޒު ނޫން ގޮތެއް ނެތް ކަމަށް ވެސް ޝިހާމް ވިދާޅުވިއެވެ.
ޝިހާމަކީ ލޭބަރ ޕާޓީގެ ރައީސްގެ އިތުރުން, ޓޫރިޒަމް އެންޕްލޯއީސް އެސޯސިއޭޝަން (ޓީމްސް)ގެ ކުރީގެ ރައީސް ވެސް މެއެވެ. އަދި އެއީ ޓީމްސްގެ މިހާރުގެ ހިންގާ ކޮމިޓީގެ މެންބަރެކެވެ.
ޝިހާމްގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަ ކުރައްވާފައިވާއިރު, ޓީމްސްއިން ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިޙް އެންޑޯސް ކުރައްވާފައެވެ.