އިންތިހާބަށް ކުރިމަތިލައިގެން މިހިރީ ރައްޔިތުންނަށް ކަމެއް ކޮށްދެވިއްޖެ ކަމުގެ އުފާ އިހުސާސް ކުރެވިގެން: ރައީސް ޞާލިޙް
![](https://dhen.mv/wp-content/uploads/2023/09/BEB1F67E-6227-4F80-A8C4-FCA77073AFCA-850x548.webp)
އިންތިހާބަށް ކުރިމަތިލައިގެން މިހިރީ ރައްޔިތުންނަށް ކަމެއް ކޮށްދެވިއްޖެ ކަމުގެ އުފާ އިހުސާސް ކުރެވިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިހާތަނަށް އައި އިރު ރާއްޖޭގެ އިގްތިސޯދު އޮތީ ވަކި ދިމާލަކަށް އުފުލި، ދެކޮޅަށް ތިރިވެފަ ކަމަށެވެ.
“މިހާތަނަށް އައި އިރު ރާއްޖޭގެ އިގްތިސޯދު އޮތީ ވަކި ދިމާލަކަށް އުފުލި، ދެ ކޮޅަށް ތިރިވެފަ. އަޅުގަނޑުމެން މިދަނީ އެކަން ހަމަހަމަކުރަމުން. އޭގެ މިސާލު އުތުރާއި ދެކުނުް މިހާރު ފެންނާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި މިހާރި ފަށާފައި ހުރި މަސައްކަތްތައް ނިންމާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި، ހުރިހާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ރާއްޖޭގެ ފައިދާ ހުރިހާ އެންމެންނަށް އެންމެ އިންސާފުވެރިގޮތަށް ލިބޭ ގޮތަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތްކުރީ ރައްޔިތުން ހަވާލުކުރި މެނިފެސްޓޯއެއް ތަންފީޒުކުރަން ކަމަށާއި މިއަދު އޭގެ ރީތި މަންޒަރު އައްޑޫ ސިޓީން ވެސް ފެންނަމުން ދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ތިޔަ އުފަލަކީ ރައްޔިތުންގެ ގައުމު އިންޑިއާއަށް ވިއްކާލުމުގެ އުފާތާ!!!