ޚަބަރު

ވޯޓުލާން ނުކުންނަ ރައްޔިތުންނަށް މުޢިއްޒުގެ މުހިންމު ސުވާލުތަކެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާދަމާ ވޯޓުލާން ނިކުންނައިރު، ރައްޔިތުން ވިސްނައި، ޖަވާބި ހޯދަން ޖެހޭ ސުވާލުތަކެއް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ކުރައްވައިފިއެވެ.

Ads by STELCO

ދިވެހި ރައްޔިތުންނާއި މުޚާތަބު ކުރައްވައި، މުއިއްޒު މިއަދު ދެއްވި ތަޤްރީރެއްގައި ވިދާޅުވީ، ފަސް އަހަރުގެ ދައުރެއް ނިމެންދާއިރު، ރައްޔިތުން އަމިއްލަ ނަފްސަށް ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށެވެ.

"މި ފަސް އަހަރުގެ ތެރޭ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތުވީ ރަނގަޅުތޯ؟ ޚަރަދުބަރަދަށް ލުއިކަމެއް ލިބުނުތޯ؟ އާރުލާ ކަހަލަ، ތަރައްޤީގެ ނިޝާންތަކެއް ޤައުމުން ފެންނާާން އެބަހުރިތޯ؟އިސްލާމްދީނާއި، ދިވެހީންގެ މިނިވަންކަން، މި ފަސްގަނޑުގައި ދެމެހެއްޓޭނެ ކަމަށް ލިބުނީ ކޮން އިތުބާރެއްތޯ؟ މިފަދަ އެތައް ސުވާލެއް." މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައި، ވޯޓުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން، ދިވެހީންގެ އަމިއްލަ ބާރު މި ގައުމުން ނެތިގެން ގޮސްފާނެތީ ކަންބޮޑުވުންފާޅުކުރެއްވި ކަމަށެވެ.  އަދި ދަރަނިވެރިވެ، ޤައުމު ބަނގުރޫޓުވާ ޙާލަތަށް ގޮސްފާނެތީ ވެސް، ރައީސް ޔާމީން ކަންބޮޑުވެވަޑައިގެންނެވިކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ދިވެހީންގެ ރާާއްޖެ ދިވެހީންނަށް އަނބުރާ ހޯދައިދިނުމަށްޓަކައި، ނުކުތީ ވަރަށް ވަރުގަދަ ޢަޒުމެއްގައި ކަމަށް ވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ޤާނޫނީ ހަމަތަކުގެ މަތިން، ރައީީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫޙު ނިމުމަކަށް ގެންނަވާނެ ކަމުގައި ވެސް މުޢިއްޒު ވިދާޅުވިއެވެ.

 

 

 

Ads by Allied Insurance
  1. މިއެމްޑީޕީ މީހުން ވެރިކަމުގައި ތިބިއްޔާއިންޑިޔާމީހުނަށް މުޅި ޤައުމުގެ އިޤުތިސޯދު ވިއްކާލައިގެން މުޅިގައުމު އެތަކެއް މިލިޔަން ރުފިޔާއިން ދަރަނިވެރި ކުރުވާއިގެން އެކަމުގެ ބުރަ މިއަދު އުފުލަން މިޖެހެނީ ރައްޔިތުންގެ ދިރިއުޅުމުން !
    މިމީހުން ވެރިކަމުގައި ނެތިއްޔާ މަގުތިގާއި މުޒާހަރާކޮށް ޤައުމު ހަލަބޮލިކޮށް ބިރުވެރިތަނަކަށް ޤައުމު ހަދާނެ ، ހުޅުޖަހާނެ މީހުނަށް އަނިޔާދީ ގެއްލުން ކުރާނެ މިދެކަންތަށް މިއެމްޑީޕީ ފެންނަނީ !