ޚަބަރު

އުފާ ފާޅު ކުރުމަށް މިރޭ އިދިކޮޅުން އާޓިފިޝަލް ބީޗަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ލިބުނު ނަތިޖާއާ ގުޅިގެން އުފާ ފާޅު ކުރަން މިރޭ 9 ޖަހާއިރު އިދިކޮޅުން އާޓިފިޝަލް ބީޗުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

"ޝުކުރިއްޔާ ދިވެހިން"ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ މި ރެލީއަށް މިރޭ 8:45ވާއިރު ވީހާވެސް ގިނަ ފަރާތްތަކުން ދިއުމަށް އެ ޕާޓީން އެދެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.

މުޢިއްޒަށް އިއްޔެގެ އިންތިޚާބުން 101635 ވޯޓް ލިބިވަޑައިގަތްއިރު, އެއީ ވޯޓްލާން ނިކުތް އާބާދީގެ 46.06 އިންސައްތައެވެ. އެންމެ ކައިރިން ވާދަކުރި މިހާރުގެ ރައީސް, ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 39.05 އިންސައްތައެވެ. އެއީ 86161 ވޯޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!