ޚަބަރު

ހަރުކަށި ފިކުރަށް މި ސަރުކާރަށްވުރެ ބޮޑަށް ޖާގަ ދޭނެ ސަރުކާރެއް އަންނާނެ ކަމަށް ދެކެން ދަތި: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަރުކަށި ފިކުރަށް މި ސަރުކާރަށްވުރެ ބޮޑަށް ޖާގަ ދޭނެ ސަރުކާރެއް އަންނާނެ ކަމަށް ދެކެން ދަތި ކަމަށް މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރެއްގެ ވާހަކަތައ ފެށިފައިވަނިކޮށެވެ.

ދެވަނަ ބުރަކަށް ގޮސްފައިވަނީ ރައީސް ޕީއެންސީގެ ޑރ. މުއިއްޒާއި, އެމްޑީޕީގެ ރައީސް ޞާލިޙެވެ.

ރައީސް ނަޝީދުގެ ޕާޓީން ނިކުތް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ތިންވަނައެވެ. އެއީ ވޯޓްލީ މީހުންގެ 7.18 އިންސައްތަ މީހުންނެވެ.

ޑިމޮކްރެޓްސްއިން ތާއީދު ކުރާނެ ފަރާތަކާމެދު މީސްމީޑިއާގެ މަންސަތަކުގައި ވާހަކަ ދެކެވެމުން އަންނައިރު, ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ޕީއެންސީއަށް ތާއީދު ކުރުމަކީ ހަރުކަށި ފިކުރަށް ދެވޭ އަތެކެވެ. އެމްޑީޕީން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ސިފަ ކުރައްވަނީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ, ހަރުކަށި ފިކުރަށް ޖާގަދީ އަދި އެ ގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒް ކުރާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.

Ads by Ooredoo
  1. ބަލާތި

    ގާސިމް އެބަޖެހޭ ޕޮލިޓިކަލް ސައެންސް ދަސްކުރަން އަދި ވިލާ ކޮލެޖްގައި ޕޮލިޓިކަލް ސައެންސް އިން ޕީއެޗްޑީ ފެންވަރަށް ކިޔަވާދޭން އެންމެ ބޮޑު މައްސަލަ އަކީ ކެމްޕެއިން ސަގާފަތެއް ބިލްޑް ވެފައި ނެތުން ޖޭޕީގެ ވީޓީވީ އަކީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނަކަށް ބަދަލުވެ ހިންދީ ރާގަށް ހަދާފައި ހުންނަ ކައްޕަޅި ދިވެހި ލަވަތައް ޓީވީއެމް ކޮޕީ ކޮށްގެން ގެނެސްދިނުން ކަމަކަށް އޮތީ ވީޓީވީ ބަލާ އޯޑިއެންސް ވަނީ 100 އިން ދަށުގައޭ ޖޭޕީ ސަފު ރުކުރުވާލާ މަޖްލީސް އިންތިޚާބަށް ކެމްޕެއިން މިހާރުން މިހާރަށް ފަށަންވީއޭ އަދި މެދުނުކެނޑި 5 އަހަރު ވަންދެން ޖޭޕީން ކެމްޕެއިން ކޮށްބަލަ ވީޓީވީ ބޭނުން ކޮށްބަލަ 24 ގަޑިއިރު ޖޭޕީ ޕްރޮމޯޓް ކުރަން ހަފްތާ އަކު އެއް ދުވަހު މަދުވެގެން ކުނޫޒު ކިއްލާ ގައި ޖަލްސާ ތައް ބާއްވަބަލަ އެނގުންވާނެއޭ..