ދުނިޔެ

މީހުންގެ ބުރަކަށިމަތީގައި ހިނގުމުން ޗައިނާގެ ސަފީރަކަށް ގިނަ ބައެއްގެ ފާޑުކިޔުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕެސިފިކް އައިލެންޑް ނޭޝަން އޮފް ކްރިބާތީ އަށް ކަނޑައަޅުއްވާފައި ހުންނަ ޗައިނާގެ ސަފީރު، އެރަށަށް ކުރި ޒިޔާރަތެއްގައި މަރުޙަބާ ކިޔުމުގެ ގޮތުން ހިންގި ހަރަކާތެއްގެ ސަބަބުން ސަފީރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

ސަފީރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކްރިބާތީގެ ރައްޔިތުންތަކެއް ތިބީ އެއްސަފަކަށް ބަންޑުން އޮށޯވެ، އެތުރިގެންނެވެ. މީސްމީޑިއާގައި މިހަރަކާތުގެ ފޮޓޯއެއް އާއްމުވެފައިވާއިރު އެ ފޮޓޯއިން ފެންނަނީ އެމީހުންގެ ގައިމަތިން އެސަފީރު ހިނގާފައި ދާ މަންޒަރެވެ.

އެފޮޓޯއަށް ކޮމެންޓު ކުރަމުން އެމެރިކާގެ އިސް ޑިޕްލޮމެޓެއް ބުނެފައިވަނީ އެއީ ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމަށާއި އިންސާނުންތަކެއް އެފަދައިން ރަތް ދޫލައަކަށް ހަދައިގެން އެމީހުންގެ ގައިމަތިން ހިނގާފައިދާން ހެޔޮވެސް ނުވާނެ ކަމަށެވެ.

ސަފީރު ޓެންގް ސޮންގެން ގެ މިޢަމަލު ދިފާޢު ކުރަމުން ޗައިނާގެ މިނިސްޓްރީ އިފް ފޮރެން އެފެއާޒުން ބުނެފައިވަނީ، ސަފީރު އެފަދައިން ކަންތައްކުރީ އެއީ ސަގާފީ ހަރަކާތަކަށްވުމުން ކަމަށެވެ. ސަފީރު ޓެންގް އަށް މަރުހަބާ ކިޔުމުގެ ގޮތުން ގާތްގަނޑަކަށް 30 ވަރަކަށް މީހުން ބިންމަތީގައި ބަނޑުން އެތުރިގެން ތިއްބެވެ.

ޗައިނާގެ ފޮރެން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ބުނީ ސަފީރު ޓެންގް އެހަރަކާތުގައި ބައިވެރިވީ ކްރިބާތީގެ ސަރުކާރުން ދެއްވި ދައުވަތަކަށް ކަމަށާއި، އެޤައުމުގެ ސަގާފީ ހަރަކާތެއް ކަމަށް ބުނުމުން އެކަމަށް އިންކާރު ކުރަން ނުކެރުނީ ކަމަށެވެ.

"ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ޗައިނާގެ އަގު ވައްޓާލުމަށް. ނަމަވެސް މިފަދަ ވާހަކަތަކަކުން ވެސް ޗައިނާ އާއި އެހެން ޤައުމުތަކާއި ގުޅުން ހީނަރެއް ނުވާނެ" ބީޖިންގ ގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޒާއޯ ބުންޏެވެ.

Ads by Ooredoo
  1. ގޯދީ ރާޖާ

    އެމެރިކާ ސިފައިން މީހުން ގަޔަށް ހީސްލާއިރު ހެޔޮވާނެ؟؟؟