ޚަބަރު

ރައީސް ޔާމީންގެ މެސެޖެއް: މުއިއްޒުއަށް ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް  ތާއިދު އިތުރު ކޮށްދެއްވައި، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

ރައީސް ޔާމީން ދެއްވި މި މެސެޖު ސަޕޯޓަރުންނަށް ފޯރުކޮށްދެއްވީ، އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދެވެ.

"ޑރ. މުއިއްޒަށް ތިޔަބޭފުޅުންގެ އިތުރު ތާއިދު ދެއްްވައި، ހިތްވަރު ކުރައްވާ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ". ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މެދިވެރިކޮށް އެމަނިކުފާނު ދެއްވި މެސެޖްގައި ވެއެވެ.

އެ މެސެޖުގައި ރައީސް ޔާމީން ވަނީ މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭނެ ހެޔޮ ފުރުސަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by HDC
  1. ކާމިޔާބު

    އިންޝާﷲ މަނިކުފާނުގެތި އެދިވަޑައިގަތް ކަންތައްވެސް ވަރަށް ހިތްވަރާ ޖޯޝާއެކު ކޮންދޭން މިތިބީ ކަށިން ހިތްވަރުނެރިގެން، މާތްﷲ ގައްގަށް ނަސްރުދެއްވާނެ، އިންޝާﷲ،
    މާތްވެގެން އިސްލާމްދީނާ މިލޮބުވެތިގައުމާ، މަނިކުފާނުގެ ހައްގުގާ ބިރެއްފިތެއްނެތި މިތިބީ ފުރާނަވެސް ދޫކޮށްލަން ތައްޔާރަށް.