ޚަބަރު

މުއިއްޒުއާއި ގުޅޭގޮތުން ސާޖިދާ: އެފަދަ ފިރިއެއް، ބައްޕައެއް ނުލިބޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަކި ނަމޫނާ ފިރިއެއް އަދި ބައްޕައެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން، ސާދިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މީސްމީޑިއާގައި މީހަކު އާއްމުކޮށްފައިވާ ވީޑިއޯއެއްގައި، ސާޖިދާ މުއިއްޒު ސިފަ ކުރެއްވީ، އޭނާ ކުރައްވާ ކޮންމެ ކަމެއްގައި ވެސް، އެއްބާރުލުން ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭނާ މިގޮތަށް ވާހަކަ ދެއްކެވީ، ފިރިކަލުންނާއި ސަލަފު ޖަމުއިއްޔާ އާއި އެކްސްޓްރީމިޒަމްއާއި ގުޅުވައި ވާދަވެރިން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑުގެ ފިރިމީހާ އަކީ އަޅުގަނޑު ކުރާ ކޮންމެ ކަމެއްގައި، އަޅުގަނޑުގެ ކޮންމެ މަސައްކަތެއްގައި، ހިފަހައްޓާ ފަރާތެއް." އޭނާ ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ، މުއިއްޒު އަކީ އޭނާ މާސްޓަރސް ފުރިހަމަކުރެއްވުމަށް ޔޫކޭއަށް ފޮނުއްވައި އެކަމަށް ހަރަދު ކުރައްވައި، އެތައް އަހަރެއްގައި ސިވިލް ސަރވިސްގައި މަސައްކަތް ކުރެއްވުމަށް ވެސް އެއްބާރުލުން ދެއްވާ ފިރިއެއް ކަމަށެވެ.

އަދި ވިދާޅުވީ، މުއިއްޒު އަކީ ފިރިހެނަކަށް ވީތީ، ގޮތުގައި ހިފަހައްޓަވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ދަރިންގެ ނެޕީ ވެސް ބަދަލު ކުރައްވާނެ ކަމަށެވެ.

މުއިއްޒު އާއި ސަލަފާއި ގުޅުވައި، ދައްކާ ވާހަކަތައް އެމަނިކުފާނު ރައްދު ދެއްވިއެވެ. އެގޮތުން މުއިއްޒު "ދެން" އަށް ވިދާޅުވީ އެކުގައި މަސައްކަތް ކުރުމަށް ސަލަފާއިއެކު އެއްވެސް މަޝްވަރާއެއް ކުރައްވައިފައިނުވާނެ ކަމަށެވެ.

Ads by Ooredoo
  1. ކައިޒީން

    ތިވީ ޓެސްޓްކޮއްލަން

  2. ހަމީދު

    ޢެފަދަ ވަގުފިރިއެއްވެސް ނުލިބޭނެ. ގޭގަގެންގުޚޭ މަސައްކަތު އަންހެންކުދިން އެވަރަށް ފަޅާނެ މީހަކުވެސް ނުފެންނާނެ. ބަލިވެއިނދެ މުއިއްޒުގޭގަ މުއިއްޒުފަޓުލޫނުން ދަންޖެހި އަމިއްލައަށްމަރުވި ހައުސްމޭޑު ކޮބާ.