ޚަބަރު

މުޢިއްޒު އެދިވަޑައިގަތީ އެމްއެންޕީގެ ޤައުމީ ނިންމުމުން އެހެން ޕާޓީތައް މިސާލު ނެގުމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އިން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނާއި ގުޅުމަށް ނިންމި ޤައުމީ ނިންމުމުން މިސާލު ނެންގެވުމަށް އިންތިޚާބުގައި ވާދަ ކުރެއްވި އެހެން ސިޔާސީ ޕާޓީތަކަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ.

Ads by MWSC

އެމްއެންޕީއާއި ޕީޕީއެމް-ޕީއެންސީއިން ޤައުމީ ފިކުރެއްގައި، ގުޅިގެން މަސައްކަތް ކުރުމަށް މިއަދު އެކުލަވައިލި ކޯލީޝަން އެއްބަސްވުމާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އިދިކޮޅުން ކުރާ މަސައްކަތުގައި، ޤައުމީ ޖޯޝާއިއެކުގައި އެމްއެންޕީން ބައިވެރިވި ބައިވެރިވުމަކީ، ޤައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމެއް ކަމުގައެވެ.

"އަޅުގަނޑު ޔަޤީން ކުރަނީ، ތިބޭފުޅުން ތި ދެއްކެވި ޤައުމީ މިސާލުން ހިތްވަރު ލިބިވަޑައިގެން، މިއަދާއި މާދަމާއާއި، ކުރިއަށް މިއޮތް ދެތިން ދުވަހަކީ އަޅުގަނޑުމެންނާއި އެކީގައި ދެންވެސް ތިއްބެވި ސިޔާސީ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުން، ޤައުމު އިސްކުރައްވައި، އަޅުގަނޑުމެންނާއި ބައިވެރިވެވަޑައިގަންނަވާނެ ދުވަސްތަކަކަށް ވާނެ ކަމަށް." މުޢިއްޒު ވިދާޅުވިއެވެ.

އެމްއެންޕީ އާއި ޕީޕީއެމް-ޕީއެންސީ ގުޅިގެން، ރައްޔިތުންގެ ހައްގުގައި، ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މާލެ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި މުޢިއްޒު ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ އެމްއެންޕީއާއިއެކުގައި ހެދި ކޯލިޝަން އެއްބަސްވުމުގައި މާބޮޑެތި ވަޢުދުތަކާއި އަހުދުނާމާއެއް ނޯންނާނެ ކަމަށާއި، އެއްބަސްވުން އެކުލަވައިލީ ޤައުމީ ވިސްނުމެއްގައި ކަމަށެވެ.

Ads by Allied Insurance
  1. ބަލާތި

    ސާބަހޭ ޕީޕީއެމް މީގެ ފަހުން ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ނަމުގައި އެކަކު ވެސް މީޑިއާ އަށް ވެސް އަދި ޕީޕީއެމް ގައި ވެސް އެއްވެސް ކަނޑުކޮސް ގޮވުމެއް ގޮވައިގެން ނުވާނެއޭ ކުރީގެ ޓޫރިޒަމް މިނސްޓަރު އަމިއްލަ އަށޭ އޭނާ ހެދިގެން އުޅެނީ އެއީ ރައީސް ޔާމީނާއި މާގާތް މީހެއް ކަމަށް މިއޮތްހާ ދުވަހު ހޮރުގައި ފިލާދޯ އޮތީ ތެޔޮ ރަމީޒް އަކީ އިންޑިއާއިން ހަދާ ރިސޯރޓްގެ ޓީމް މެމްބަރެކޭ އޭނާ އޮންނަނީ އަބަދު ގޮސް އިންޑިއާ އެމްބަސީ ތެރޭގައޭ މަމެންނަށް ޝައްކު ތެޔޮ ރަމީޒް އެއީ އިންޑިއާގެ ރޯ އެޖެންޓަކާއި މެދު ތޯބެ މެން ތިއްބާ ތިޔާ ތެޔޮ ރަމީޒު ޔާންޓޭ އާއި މާ ގާތް މީހެއް ކަމަށް ހެދިގެން ބަދަވި ކުރީ ސަފަށް އަރާ އުޅެނީ ޖާސޫސް ކުރަން ކަން މަމެންނަށް ޔަގީނޭ އޭނާގެ ސަބަބުން މިއިންތިޚާބަށް ފަހު ޕީޕީއެމް އަށް ހީވެސް ނުކުރާ ފަަދަ ބޮޑު ގެއްލުމެއް ލިބިއްޖެއޭ މީހުންގެ އެކަނޑު ކޮހަށް ނޭގުނަސް ޗަންޕާ އަދި ޔުނިވަރސަލް އަދި ލިލީ އަދި ސަންސިޔާމް ފަދަ ބޮޑެތި ކުންފުނި ތަކުން މިހާރު ބިރު ހީވެފައި އޮތީ ވިޔަފާރިވެރިންނަށް ނުރައްކަލަކަށް ޕީޕީއެމް ވެދާނެތީވެ މީސީދާ ތެޔޮ ރަމީޒް ފަދަ ކަނޑުކޮހުން ޔާންޓޭ އާއި މާގާތް މީހުން ކަމަށް ހެދިގެން އުޅޭތީވެ ވާގޮތޭ އެއީ ބޮޑު ކަނޑުކޮހެކޭ އެޅާ ނެގި މާސްޓަރސް މަމެން ނަގާނަމޭ 1 އަހަރުން އެއީ ދެން ކޯއްޗެއްތޭ އެއީ ހައްޕުނު ދޯ..