ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ވެސް ކުޑަކޮށްދޭނަން: މުއިއްޒު

ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ވިނަރެސް ފްލެޓުތަކާއި، ކުންފުނިތަކާއި ހަވާލުކޮށްގެން އަޅާފައިވާ ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ، ރައްޔިތުން އަތްފޯރާ ވަރަށް ކުޑަކޮށްދެއްވާނެ ކަމަށް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ޕީޕީއެމް/ޕީއެންސީއިން މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ދެވަނަ ފޭސްގައި ފްލެޓު އަޅާފައިވަނީ ވިޔަފާރި އުސޫލުން ވިއްކަން ނޫން ކަމަށެވެ. ނަމަވެސް މިސަރުކާރުން ވިނަރެސްއާއި، ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކުގެ އަގަށް ބަދަލު ގެނެސް ބޮޑުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ، އަޅުގަނޑު ދޭނެ ޔަގީންކަމަކީ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ބޮޑު އަގާއި، މަހުން މަހަށް ދައްކަންޖެހޭ އަގާއި، އެ އަގުތައް އަތްފޯރާ ފަށަށް ކުޑަ ކޮށްދޭނަމޭ." އެމަނިކުފާނު ވިދާޅުވިއެވެ.
ވިނަރެސް މަޝްރޫއު އަކީ މި ސަރުކާރުން ނަން ބަދަލުކުރިޔަސް، ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއުއެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެ މަޝްރޫއުއަށް ލޯނު ނެގި މިންވަރާއި، ނެގި ތަންވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ، އަގު ކުޑަ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ.
ކޮބާ އެހެންފުލެޓް
ޗައިނާ ފުލެޓްކިޔާ ފުލެޓް ތިންކޮޓަރިގައި ދެފާޚާނާ ލާފަަ އެތާއުޅޭ މިހުންގެ ހައްގު ކޮބާ