ޚަބަރު

މަޝްހޫރު ކޮމީޑިއަން ޔޫސޭގެ ސަޕޯޓް މުއިއްޒަށް, ސަޕޯޓަރުން ކައިރިން އެދުނީ މުއިއްޒަށް ވޯޓްދޭން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދިރިއުޅުމަކީ މިއީބާ"އިން ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދި ޔޫސުފް ރަފީއު, (ޔޫސޭ)ގެ ތާއީދު, އަންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުޙައްމަދު މުއިއްޒަށް އޮތްކަން ހާމަކޮށްފިއެވެ.

Ads by STELCO

ރޭ މާވެޔޮމަގުގައި ބޭއްވި ކަންމަތީ ބައްދަލުވުން ކުރިޔަށް ދަނިކޮށް, ޔޫސޭ ވަނީ ސްޓޭޖަށް އަރާ, އޭނާގެ ސަޕޯޓް އޮތްކަން ދައްކާލާފައެވެ. އޭގެ ފަހުން ޖަލްސާގައި އޭނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޖަލްސާ ނިންމާލުމަށްފަހު, ޔޫސޭގެ ޕޭޖްގައި އާއްމު ވީޑިއޯއެއްގައި ޔޫސޭ ވަނީ އޭނާ ސަޕޯޓަރުން ކައިރިން މުއިއްޒަށް ވޯޓް ދޭން އެދިވަޑައިގެންފައެެވެ.

"އަޅުގަނޑަށް ސަޕޯޓް ކުރައްވާ, އަދި އަޅުގަނޑަށް ސަޕޯޓް ނުކުރެއްވިޔަސް, ޤައުމު ދެކެ ލޯބިވާ ހުރިހާ ބޭފުޅުން, اللهގެ ރަސްކަންފުޅަށްޓަކައި, ދީނަށްޓަކައި ކެނޑިޑޭޓް ނަންބަރު ހަތަރެއް, ޑރ. މުއިއްޒަށް ވޯޓް ދެއްވުމަށް އާދޭހާއެކު ދަންނަވަން"  ޔޫސޭ ވިދާޅުވިއެވެ.

ސިޔާސީ ހަރަކާތަކުން އެންމެ ފަހުން ޔޫސޭ ފެނިގެން ދިޔައީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައެވެ. އެއިންތިޚާބުގައި ބައިވެރިވެ ވަޑައިގަތްނަމަވެސް, އިންތިޚާބު ކާމިޔާބު ކުރައްވާފައެއް ނުވެއެވެ.

Ads by HDC
  1. ޓީ ބޮޑު ޕާޓޭއެއް

  2. ޔަމީން

    ޔޫސޭއަށް ސަޕޯޓް ކުރަނީ ޔޫސޭ ވޯޓްލާ މީހަކަށް ވޯޓްލާކަށް ނޫނޭ!!