ޚަބަރު

މުއިއްޒުގެ ވެރިކަމެއްގައި ބޮޑުފޮޅުދޫއަށް ވެސް ތަރައްޤީގެ އީދެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އއ.ބޮޑުފޮޅުދޫގެ ރައްޔިތުން އެދޭ ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން އިދިކޮޅު ޕީޕީއެމް-‏ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު އެރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނަށް  މުއިއްޒު ދެއްވި ޔަގީންކަމަކީ، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި، ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަމެވެ.

މުއިއްޒު ބޮޑުފޮޅުދޫއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ބިން ހިއްކައިދިނުމާއި، ނެޓްބޯޅަ، ވޮލީ އަދި ފުޓްސެލް ފަދަ ކުޅިވަރު ފެސިލިޓީސް ތަރައްގީ ކުރުމާއި،ސްކޫލްގެ ކްލާސް ރޫމްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމާއި، ރަށުގެ ބަނދަރު އިތުރަށް ތަރައްގީ ކުރުމާއި، ޓޫރިޒަމް ދާއިރާއިން އިންވެސްޓް ކުރަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހި ކޮށްދިނުން ހިމެނެއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކުރިއަށް ގެންދަވަން ރާއްވަވައިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ، ރައްޔިތުން އިތުބާރުކޮށް އެމަނިކުފާނަށް ފުރުސަތު ދެއްވުމުންނެވެ.

 

Ads by Ooredoo
  1. އިއްބެ

    މުޢިއްޒު7ެައަހަރުވެރިކަންކުރިއިރުފުޅުދޫއަށްކޮށްދިނީކޮންކަމެއް