ޚަބަރު ސިޔާސީ

މުޢިއްޒުގެ ވައުދެއް: ދިގުރަށަށް ކޮންވެންޝަން ސެންޓަރަކާއި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރެއް ގާއިމްކޮށްދޭނަން 

ރައުފާ ރަޝީދު ، ދެން އޮންލައިން

އދ. ދިގުރަށަށް ކޮންވެންޝަން ސެންޓަރަކާއި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރެއް ގާއިމްކޮށްދިމުނަށް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް އދ. ދިގުރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ދިގުރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް މަޝްވަރާގެ މަތިން އެ ރަށުގެ މަގުތައް ހަދައިދީ، ސްކޫލް އިތުރަށް ތަރައްޤީކޮށް ސިއްޙީ ޚީދުމަތްތައް ފުޅާކޮށްދޭނެ ކަމަށެވެ.

އަދި ދިގުރަށަކީ ޓޫރިޒަމް އިތުރަށް ފުޅާކުރެވެން އޮތް ރަށެއް ކަމަށާއި އެންމެ ބޮޑު މެރިން ޕްރޮޓެކްޓެޑް އޭރިއާ އޮންނަނީ އެ ސަރަޙައްދުގައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އޭގެ މައްޗަށް ބިނާކޮށް އިންޓަރނޭޝަނަލް ޔުނިވަރސިޓީތަކުގެ އެހީތެރިކަމާ އެކީގައި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރެއް ޤާއިމްކުރެވިއްޖެނަމަ މި ރަށަށްވެސް ސަރަހައްދަށް ވެސް ވަރަށް ބޮޑު ދިރުމެއް ލިބޭނެ. އެހެންކަމުން މި ރަށުގައި އެފަދަ މަރުކަޒެއް ޤާއިމްކުރާނަން" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އިންޓަރނޭޝަނަލް ކޮންފަރެންސްތައް ބޭއްވޭފަދަ ކޮންވެންޝަން ސެންޓަރެއް ޤާއިމްކޮށް މައިސް ޓޫރިޒަމަށް ދިގުރަށް ހުޅުވާލަދޭނެ ކަމަށާއި ދިގުރަށުގެ ރައްޔިތުން ބޭނުންވާ ގޮތެއްގެ މަތިން 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ކަށަވަރު ކޮށްދިނުމަކީ އެކަނުކުފާނުގެ ވެރިކަމެއްގައި ޙާސިލްކޮށްދޭނެ ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!