ޚަބަރު ސިޔާސީ

މި މަހުގެ 30 ވަނަ ދުވަހު ލާ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާއި ގުޅިފައިވާ ވޯޓެއް: މުއިއްޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން

މި މަހުގެ 30 ވަނަ ދުވަހު ލާ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާއި ގުޅިފައިވާ ވޯޓެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. މުއިއްޒު މިހެން ވިދާޅުވީ ހިޔާ ފްލެޓު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ކެމްޕޭނު ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ލާ ވޯޓަކީ ސިޔާސީ މައްސަލައެއް ހައްލު ކުރުމަށްލާ ވޯޓެއް ނޫން ކަމަށާއި އެއީ ޤައުމުގެ އެތެރޭގައި ހުރި ކަންކަން ހައްލު ކުރުމަށްވުރެވެސް ބޮޑަށް ރާއްޖޭގެ މިނިވަންކަން ކަށަވަރު ކޮށް އިޤްތިޞާދު ނަގާކޮޅަށް ޖެހުމާއި ގުޅިފައިވާ ވޯޓެއް ކަމަށެވެ.

އެހެންކަމުން މި ވޯޓު ރައްޔިތުން ދެއްވާއިރު އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ މި ސަރުކާރުން މިނިވަން ކަމަށް އަސަރު ކުރާގޮތަށް ހިންގާފައިވާ ކަންކަން ހުއްޓުވުމަށް ނިންމާ ނިންމުމަކަށް ހެދުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ޗޮއިސް ކަމަށާއި އެއީ މިނިވަން ކަން ނިގުޅައިގަތް މީހުނާއި މިނިވަންކަން ހޯދައި ދަމަހައްޓާ މީހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަ އެހެންމެ މިހާރު ރާއްޖޭގައި އިންޑިޔާގެ ސިފައިން ނެތްކަން ދެއްކުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިކަންމަކީ މިހާރު ފޮރުވާލައި، ރައްޔިތުން ގުނބޯ ހެއްދޭ ވަރަށް ވުރެ ނުރައްކާތެރި ޤައުމީ މައްސަލައެއް ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ރާއްޖެ ތަރައްޤީކޮށް، މިނިވަންކަން ޔަޤީން ކޮށްދޭނެ ކަމަށެވެ.

  1. އަހުމަދު

    ޑރ މުއިއްޒު ދެއްވާންވީ ދެކަމެއްގެ ޔަގީންކަން އެއީ ޤައުމުގެ މިނިވަންކަމަށް ބުރޫ ނާރުއްވާނެ ކަމާއި ބައިތުލްމާލުން ވައްކަންކުރުން މަދު ކުރައްވާނެކަން. އެވަރުން އަޅުގަނޑުގެ ވޯޓު ލިބޭނެ.

  2. 45877ޔޔޔ

    މޮޅުއެއްޗެކޭދޯ ތިބުނީ؟؟ ތިހެން ބުނެ ކޮންމެ ކެންޑިޑޭޓެއް ކޮންމެފަހަރަކު. މިނިވަނަކަން ހަމަ އެބައޮތް ކޮންމެ ވެރިކަމެއްނިމޭއިރުވެސް. ނުދޭނަން ތިކަހަލަ ފޭކުވާހަކަމީހުނަށް ވޯޓް