މަސްގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރަން ނިންމައިފި
ސަރުކާރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށް ނިންމައިފިއެވެ.
މިފްކޯއިން ބުނީ، މާދަމާއިން ފެށިގެން މަސް ގަންނާނީ 25 ރުފިޔާއަށް ކަމަށާއި ތަފްސީލް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށެވެ.
މިހާރު އެ ކުންފުނިން މަސް ގަންނަމުން އަންނަނީ 17 ރުފިޔާގެ މަގުންނެވެ.
މަޢުލުމާތު ލިބިފައިވާ ގޮތުގައި މިފްކޯ އިން މަސް ގަންނަ އަގު މާދަމާ އިން ފެށިގެން ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމެވީ، މިރޭ މަސްވެރިންނާއި އެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި 50 އަށްވުރެ ގިނަ ކެޔޮޅުން ބައިވެރިވެފައިވެއެވެ.
ޝުކުރިއްޔާ ރައީސް
ވޯޓާ ދިމާކޮށް ކޮންމެ މަސް ކިލޯއަކަށް 8 ރުފިޔާގެ ރިސްވަތެއް ދޭން ތި ފަށަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން. މީ ފަހުން ސަރިޔަތަށް ހުށަހަޅާން ޖޭ ހޭނެ ޖަރީމާއެއް.
މަސްވެރިންގެ ރުއިމާ އާދޭހުގެ އަޑުނާހާފަ ފުރަތަމަ ބުރުގެ ވޯޓުން ބަލިވީމަ މަސް ކިލޯއެއް100ރ އަށް ހެދިޔަސް ލިބޭނެ އެއްޗެއް ދެން ނޯންނާނެ. ތިކުރި ކަންތަކުންވެސް އެނގިގެން މިދިޔައީ 25ރ އަށް މަސްކިލޯއެއް ގަތުމުގެ ގާބިލުކަން ސަރުކާރުގައި އޮވެމެ މަސްވެރިންނަށް އެކަން ނުކޮށްދީ ހާލުގަ ޖެއްސީކަންކަން.