ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރޭ 10:30 އެހާކަންހާއިރު، ހުޅުމާލޭ ފްލެޓެއްގައި ބަޔަކު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ.
އެ މާރާމާރީގައި ހަތަރު މީހަކަށް އެކި ވަރުގެ ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއްވެސް މީހަކަަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ރޭ 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.