Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން: މުއިއްޒު

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން: މުއިއްޒު

ރާއްޖޭގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކުރައްވާފައިވާ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ށ. ފުނަދޫއަށް ކުރެއްވި ކެންޕެއިން ދަތުރެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ޤައުމަށް ހަމައެކަނި ބޭނުންވަނީ ޢުމްރާނީ ތަރައްޤީ ނޫންކަމަށާއި އިޖުތިމާޢީ މައްސަލަތަކަށްވެސް ޙައްލު ޙޯދަންޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗަށްވެފައި، އެކަމުން ޒުވާނުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

Advertisement
HDC — Sidebar (box)

"ބަޖެޓްގައި ވަރަށް ޚާއްސަ އިސްކަމެއް ދޭނަން ވަބާ އިން ޒުވާނުން ސަލާމަތް ކުރުމަށް ޚާއްސަ ކަންކަން ކުރުމަށް. އޭގެ ބޭނުމަކީ މި ވަބާ އިން މުޖުތަމައު ސަލާމަތް ކުރުން. ރަނގަޅު ފެންވަރުގެ ޑްރަގް ރީހެބިލިޓޭޝަން މަރުކަޒުތައް ޤާއިމްކޮށް، ޕްރޮގްރާމްތައް ހިންގުން. އަދި [މަސްތުވާތަކެތި] އެތެރެވާ ގޮތް އޮޅުންފިލުވައި ތާއަބަދަށް ނިމުމަކަށް ގެންނަން ކުރަންޖެހޭ ބުރަ މަސައްކަތް ކުރުމަށް ބެޖެޓްގައި ފައިސާ ކަނޑައަޅާނަން" މުއިއްޒު ވިދާޅުވިއެވެ.

"[މަސްތުވާތަކެތީގެ] ވަބާ އިން ސަލާމަތް ކުރެވުނީމާ ސަލާމަތްތެރި މުޖުތަމައުއެއް ޤާއިމް ވެގެން ދާނީ! ބިނާކުރެވެނިވި ޒުވާން ޖީލެއް ހޯދޭނީ!"

[caption id="attachment_197665" align="alignnone" width="1024"]<img class="wp-image-197665 size-large" src="https://cdn.dhen.mv/wp-content/uploads/2023/09/IMG_7437-1024x681.webp" alt="" width="1024" height="681" /> ށ. ފުނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީޕިއެމް[/caption]

މުއިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވާނުވާ ބަންދުގައި ތިބޭ ޒުވާނުންނަށާއި އާއިލާތަކަށް ލިބެމުންދާ އަނިޔާތަކަށް ނިމުމަކަށް ގެންނާނެކަމަށާއި، ޖަލު އަދަބު ދިނުމުގެ ބަދަލުގައި މުޖުތަމަޢުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ބަޔަކަށް އެމީހުން ހެދޭނެ ނިޒާމެއް ޤާއިމްކުރައްވާނެކަމަށެވެ.

"ޖަލު އަދަބު ދިނުމުގެ ބަދަލުގައި އެހެން ޤައުމުތަކުގައި އެކަން ކުރާ ގޮތަށް އެ ކުދިންނަށް އަނބުރާ މުޖުތަމަޢަށް އާދެވޭނެ ގޮތްތައް ހަދައި، ކަންކަން ދަސްކޮށްދެވޭނެ މާހައުލެއްގެ މެކޭނިޒަމެއް ހަރުދަނާ ކުރާނަން"

"ވަރަށް ބޮޑު އަނިޔާއެއް މި ދެވެނީ. މިކަން ނިމުމަކަށް ގެނެސްގެން ނޫނީ އާއިލާތަކަށް ވެސް ހަމަޖެހުމެއް ނާންނާނެ" އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް