ޚަބަރު ސިޔާސީ

ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނު ތަންފީޒުކޮށް، ކޯ ވޯކިން ސްޕޭސްތަކެއް ޤާއިމްކުރާނަން: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ވެރިކަން ލިބިވަޑައިގެންފިނަމަ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި ތަސްދީޤުކުރެއްވި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ޤާނޫނު ތަންފީޒުކޮށް، އިންވެސްޓްމަންޓުތައް ގެންނާނެކަމަށާއި، ހަމަ މިއާއެކު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް ކޯ ވޯކިން ސްޕޭސްތަކެއް ޤާއިމްކޮށްދެއްވާނެކަމަށް އިދިކޮޅު ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޯލިޝަން ޕާޓީތަކާއެކު ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި އިޤްތިޞާދީ ދާއިރާގެ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އޮފީސް އިމާރާތެއް އަޅުއްވާނެކަމަށެވެ. އެ އިމާރާތުން ހެޔޮ އަގެއްގައި ޖާގަ ތަނަވަސް މާޙައުލެއް ލިބިގެންދާނެކަމަށާއި، އެތަނުގައި ކޯ ވޯކިން ސްޕޭސްތައްވެސް ޤާއިމްކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެސްއީޒެޑް ޤާނޫނުުގެ ދަށުން އިންވެސްޓްމަންޓްތައް ޜާއްޖެއަށް ގެނެވިފައި ނުވާކަމަށާއި، އެކަން ކުރާނެ ގޮތް އެޤާނޫނުގައި ސާފުކޮށް ބުނެދީފައިވާކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި އެ ޤާނޫނު ތަންފީޒުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވަނީ އެ ޤާނޫނު ތަންފީޒުކޮށް އިންވެސްޓްމަންޓުތަކަށް ހުޅުވާލުމުން ރާއްޖެއަށް ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

"އެ ޤާނޫނު ތަންފީޒުކޮށް އެކި ސަރަޙައްދުތައް، އެކި ޒޯންތަކަށް އިންވެސްޓްމެންޓްތަކަށް ހުޅުވާލަން. އޭރަށް ޤައުމަށް ކުރިއެރުން ލިބިގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަންވެސް ކުރައްވާ ޑރ. މުއިއްޒު ވަނީ ރާއްޖެ ތަރައްޤީކުރުމަށް 20 އަހަރުގެ މާސްޓާ ޕްލޭންއެއް ހައްދަވާފައި އޮންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ ތަރައްޤީކުރާނީ ސަރަޙައްދީ ތަރައްޤީގެ ކޮންސެޕްޓެއްގެ ދަށުންކަމަށާއި އެ ޕްލޭންގެ ދަށުން އުތުރާއި ދެކުނުގައި އާބަން ސެންޓަރުތައް ޤާއިމްކުރެވިގެން ދާނެކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ދިވެހި މުސްކުޅިން

    ދިވެހި ރައްޔިތުންނޭވެއެވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުން ފެނުނު ހަގީގަގަތަކީ މުއިއްޒު އަށް 180000 ހާއަށްވުރެ ގިނަ މީހުން ބުނީ ނޫނެކޭ ކަން އެބަހީ އެމީހުން ވޯޓް ދިނީ އެނޫން ފަރާތްތަކަށް 2 ވަނަ ބުރުގާ ވާދަ މި ކުރަނީ ރައީސް އިބޫ އާއި މުއިއްޒު ވީމާ އެންމެން 2ވަނަ ބުރުގައި ރައީސް އިބޫ އަށް ވޯޓް ދެމާ ބަހީ ނޫނީ ގައުމުގެ ހަލަބޮލިވެ ޞުލްޙަ މަސްލަޙަތު ގެއްލި ހިގައިދާނެ ޕީޕީއެމް/ޕީއެންސީ ހިމެނޭ ވެރިކަމަކީ މި ގައުމަށް ނުރައްކާވާނެ ވެރިކަމަކަށް ވެގެންދާނެ މިއީ ގައުމު ހިންގުމުގައި ފެނި ތަޖުރިޖާ ކުރެވިފައިވާ ހަގީ ގަތެއް ހެރޮ ވެރިކަމެއް ލިބިފަ އޮތުމަޖީ ބޮޑު ވެގެންވާ ނިޢުމަތެއް ﷲ ދެއްވާ ނިޢުމަތްތަކަށް ފުރަގަސް ނުދޭ