ޚަބަރު ދީން

އުމްރާގެ އަޅުކަމަށްދާ އަންހެނުން ހެދުން އަޅަން ޖެހޭނެ އުސޫލެއް ކަނޑައަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުމްރާގެ އަޅުކަން އަދާކުރާ އަންހެނުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިިިނިސްޓްރީ އިން އާންމު ކޮށްފިއެވެ.

Ads by STELCO

ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މުޤައްދަސް ބިނާތަކަށް ޒިޔާރާތްކުރާއިރު އެކަށީގެންވާ ހެދުމެއް އަޅަންޖެހޭނެ ކަމުގައި ކަނޑައަޅައި އެކަމާއި ގުޅޭ ގައިޑްލައިނެއް ނެރެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ އާއްމުކޮށްފައިވާ ގައިޑްލައިންގެ ތެރެއިން އަންހެނުންނަށް އިޚްތިޔާރުކުރާ ހެދުމެއް އެޅޭނެކަމަށެވެ.

އެގޮތުން އުމްރާގެ އަޅުކަމަށް ދާ އަންހެނުން ލާ ހެދުމަކީ ގަޔަށް ދޫ ހެދުމަކަށް ވާން ޖެހޭނެކަމަށާއި ޒީނަތްތެރި ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ހެދުމުގައި ހުރެގެންނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ހެދުމުން މުޅި ހަށިގަނޑު ނިވާވާން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި އަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް 10 މިލިއަން މީހުން ޒިޔާރަތްކުރާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!