ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު ސިޔާސީ

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ބެހޭ ޤަރާރަށް މާދަމާ ބަހުސް ކުރާނެ: ރައީސް ނަޝީދު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ބެހޭ ޤަރާރަށް މާދަމާ ބަހުސް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މި ޤަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއެވެ.

ބައެއް މެންބަރުން މިއަދު މަޖިލީހަށް ހާޒިރު ނުވާތީ ކޯރަމް ހަމަނުވެ މަޖިލިސް ކުރިއަށް ނުގެންދެވިފައި ވަނިކޮށް ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ގިނަ މުހިންމު މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށާއި، އޭގެ ތެރެއިން ބަރުލަމާނީ ޤަރާރުގެ ބަހުސް ވެސް މަޑުޖެހިފައިވާ ކަމަށެވެ.

މިގޮތުން އެ ޤަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ އެކަމާއި ގުޅިގެން މެޖޯރިޓީ ލީޑަރު އަސްލަމް އާއި މައިނޯރިޓީ ލީޑަރު އާޒިމް މަޝްވަރާކުރައްވާފައިވާ ކަމަށާއި، އަދި އެ ގަރާރަށް ބަހުސްކުރަން އަވަސްކުރަން އަސްލަމް އެއްބަސްވެވަޑައިގެންފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ނިޒާމީ ވޯޓު ނެގުމާ ގުޅޭ ޤަރާރަށް މާދަމާ ބަހުސް ކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބަހުސް ކުރުމަށް ހުށަހަޅާފައިވާ ޤަރާރުގައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް، މި އަހަރުގެ ނޮމްބަރުމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!