ޚަބަރު

ރިސޯޓުތަކުގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރަން، ބަދަލު ކުރީ ރޭޓު: މަޢުސޫމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިސޯޓުތަކުން ނަގާ ކުލީގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރައްވާކަމަށާއި ކުލީގެ ރޭޓު ބަދަލުކުރީކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޢުސޫމް މިހެން ވިދާޅުވީ މިކަމާ ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުންއަރާފައިވާކަމަށް ބުނެ ކުރި ޓްވީޓެއްގައެވެ.

މަޢުސޫމް ވިދާޅުވީ ރިސޯޓު ކުލި ޖޫރިމަނާ ރީސްޓްރަކްޗަރކޮށް ރޭޓަށް ބަދަލު ގެނެސްފައިވަނީ އޮޕަރޭޝަނަށް ނުގޮސް އަދި ނުހެދި ހުރި ރިސޯޓުތަކުގައެވެ. މިކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި ރިސޯޓު ކުލިން ދައްކަަން ޖެހޭ ޖޫރިމަނާގެ ގޮތުގައި ހުރި 4 ބިލިއަން ރުފިޔާ މަޢާފްކޮށްދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިކަން އޮޅުންފިލުވައިދެއްވަމުން މަޢުސޫމް ވިދާޅުވީ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދިނީ ނޫންކަމަށާއި ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތައް، މީގެ ކުރިން ނަގަމުން ދިޔަ 182.5 އިންސައްތައިން 18 އިންސައްތައަށް ރޭޓު ދަށްކުރީ ކަމަށެވެ.

މީގެ ކުރިން ނަގަމުން އައީ ދުވާލެއްގެ މައްޗަށް 0.5 އިންސައްތައިގެ ރޭޓުގައެވެ. ނަމަވެސް މިހާރު ގެނައި ބަދަލުން ދެން ނަގަމުން ދާނީ ދުވާލެއްގެ މައްޗަށް 0.0493 އިންސައްތަ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ލިޔުއްވާފައިވެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މީގެ ކުރިން 182.5 އިންސައްތައިގައި ދައްކަން ޖެހޭ ބައިން 18 އިންސައްތައްވުރެ އިތުރުވާ ބައި އުނިވެގެން ދިޔައީ ކަމަށާއި މި ބަދަލުގެ ސަބަބުން މިހާރު ހިނގަމުންދާ އެއްވެސް ރިސޯޓަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ.

ހަދަމުންދާ ރިސޯޓުތަކުގެ ޖޫރިމަނާ ލުއިކޮށްދީފައިވާއިރު، މި ލުއި ލިބުނީ ކިތައް ރިސޯޓަށް ކަމެއް، އަދި އެއީ ކޮން ބައެއްގެ ކޮން ރިސޯޓްތަކެއް ކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!